ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2014/126
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:50
ސުންގަޑި: 16 ޑިސެންބަރު 2014 14:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ (ކޮންޓްރެކްޓް)

މިމިނިސްޓްރީގެ ނަންބަރު 22/2014/116/D-22ފ(IUL)ފ(20 ނޮވެންބަރު 2014) އޢުލާނަށް މަޤާމަށް ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާނު ބާޠިލުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.)

މަޤާމު:                     ސްޕޯޓްސް ސުޕަވައިޒަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:                02

ވަޒީފާއޮތް އޮފީސް:              މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މުސާރަ:                    -/7590 ރުފިޔާ

ގިންތި:                     ކޮންޓްރެކްޓް (3 މަސްދުވަސް)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :    "އެންމެ ކުއްޖަކުވެސް ބާކީ ނުކުރާނަން" ޕްރޮޖެކްޓް ކޯޑިނޭޝަން ޔުނިޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަވާލު ކުރެވޭ ބީޓެކް ސްޕޯރޓްސް ކޯހުގެ މަސައްކަތްތައް ރަގަނޅު ފެންވަރެއްގައި ކުރުން.

- ޙަވާލު ކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

- އެކުގައި މަސައްކަތް މަސައްކަތް ކުރާ މުއައްޒަފުންގެ މެދުގައި ރަހުމަތްތެރިކަމާއި އެކުވެރިކަމުގެ ރޫޙު ގާއިމުކުރުމަށް މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އެންމެ ފައިދާ ހުރި ގޮތުގައި ރާވައިގެން ކުރުން.

- މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސިއްރު ހިފެހެއްޓުން.

- ބީޓެކު ސްޕޯޓުސް ކިޔަވައިދޭ ސްކޫލުތަކަށް ޒިޔާރަތް ކޮށް ކޯސް ހިނގަމުންދާ ގޮތް މޮނިޓަރކޮށް ސުޕަވައިޒް ކޮށް އެސެސަރުންނާއި، ސްޕޯރޓުސްގެ ސުޕަވައިޒަރުންނަށް ބުނެދިނުން.

- ބީޓެކު ސްޕޯޓުސްގެ ޓުރެއިނިންގ ސްކޫލުތަކުގެ އެސެސަރުންނަށް އަދި ސްޕޯޓުސް ސުޕަވައިޒަރުންނަށް ނަގައި ދިނުން

- ދިވެހި ސިވިލް ސާރވިސް ގަވާއިދުތަކާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ސްކޫލްގެ ގަވާއިދުތަކާއި ޓީޗިރުންނަށް ޚާއްޞަ ކޮށްފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

ޝަރުޠު:              

  1. ޤައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެ ތަމްސީލުކޮށްފައިވާ ފަރާތެއް ކަމުގައިވުން. ނުވަތަ
  2. ޤައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާފައިވާ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ވާދަކޮށް ނަތީޖާ ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 21 – 31 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16ޑިސެންބަރު 2014 ވަނަ ދުވަހުގެ 14:30 ގެ ކުރިން ލިޔުމަކުން ތަޢުލީމީ ސެޓްފިކެޓުތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

އަދި މި މިނިސްޓްރީގެ ނަންބަރު 22/2014/116/D-22ފ(IUL)ފ(20 ނޮވެންބަރު 2014) އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުން އަލުން ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، އެކަމަށް އެދި ސިޓީ ހުށަހެޅުއްވުމުން އިތުރަށް ސެޓްފިކެޓްތައް ހުށަހަޅުއްވަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ. 

20 ނޮވެންބަރު 2014