ދިވެހިރާއްޖެ
އިޢްލާން
| ވަގުތީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: IUL)231-AH/231/2014/57 އިޢުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ޝަރުޠުހަމަވާ ފަރާތެއް ނުހިމެނޭތީ، އެ އިޢުލާން ބާތިލުކުރުމަށްފަހު، އެ މަޤާމަށް ކުރިމަތިލުމަށް އަލުން އިޢުލާނުކުރީމެވެ. މިއީ ވަގުތީގޮތުން މުވައްޒަފަކު ނެގުމަށް ކުރެވޭ އިޢުލާނެކެވެ. މި މަޤާމުގެ މުއްދަތަކީ 11 މަސްދުވަހެވެ. | ||
| މަޤާމް | އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) ރޭންކް: GS-2 | |
| ކްލެސިފިކޭޝަން | އެސިސްޓެންޓް އޮފިސަރ ގްރޭޑް 2 | |
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ | ބޭނުންވާ އަދަދު: 1 | 
| ސެކްޝަން/ޔުނިޓް | ކޯޕަރޭޓް އެފެއާޒް/ އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން | |
| މުސާރަ | މަހަކު -/4000 ރުފިޔާ | |
| ސަރވިސް އެލަވަންސް | މަހަކު -/1500 ރުފިޔާ | |
| އެހެނިހެން އެލަވަންސާއި ޢިނާޔަތްތައް | އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | |
| އަސާސީ ޝަރުޠު | 1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. ނުވަތަ؛ 2- ސާނަވީ ތަޢްލީމު ފުރިހަމަކުރުމަށްފަހު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. | |
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު | - ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއި، މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، މުވައްޒަފުންގެ ރެކޯޑް ފައިލްތަކުގައި ފައިލްކުރަންޖެހޭ ތަކެތި ޤަވައިދުން ފައިލްކޮށް ބެލެހެއްޓުމާއި، އެޕްރައިޒަލް ފޯމްތަކުގެ މަސައްކަތް ދާގޮތް ބެލުމާއި، ވަޒީފާ ބަޔާންތަކާއި، ވަޒީފާގެ އެއްބަސްވުންތައް ތައްޔާރުކުރުމާއި، މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ހެދުމާއި، ގަޑީލާރި ރިޕޯޓް ހެދުމާއި، ނުރަސްމީގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ ރިޕޯޓް ތައްޔާރުކޮށް ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނާ ހަވާލުކުރުމާއި، އެޗް.އާރ.އެމް.ޑީ ކޮމިޓީގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. - އަތޮޅުކައުންސިލް އިދާރާގެ ސްޓާފް ޑިވެލޮޕްމަންޓަށް ބޭނުންވާ ކަންތައް ހިންގައި ބެލެހެއްޓުން. - ކައުންސިލް އިދާރާއިން ހިންގާ ޚާއްޞަ މަސައްކަތްތަކުގައި އެހީތެރިވުން. | |
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން | 2014 ޑިސެންބަރު 9 އަންގާރަދުވަހުގެ 15:00 ގެ ކުރިން ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއަށް. | |
| ހުށަހަޅަންޖެހޭ ލިޔުންތައް | 
 | |
| ވަޒީފާއަށްޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތައް | - ތަޢުލީމާ ތަމްރީނާއި، އޮފީހެއްގެ އެޑްމިން ދާއިރާއިން ލިބިފައިވާ ތަޖުރިބާ. - މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް. - މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން. - ގިނަވަގުތު މަސައްކަތުގައި އުޅޭ ފަރާތަކަށް ވުން. | |
| އިންޓަރވިއު ކުރާނެ ތާރީޚާއި، ތަން | - އިޢުލާނުގެ މުއްދަތު ހަމަވާތާ 8 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ. - އިންޓަވިއު އޮންނާނީ ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައެވެ. | |
| ނޯޓް | - ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބާޠިލުކުރެވޭނެއެވެ. - މަޢުލޫމާތު ސާފުކުރުމަށް 6620331 ނުވަތަ 6620261 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަމްބަރު: 6620043 | |
| 11 ޞަފަރު 1436 | ||