ބީލަން
ނަންބަރު: (IUL)327-A/327/2023/18
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 23 ޖަނަވަރީ 2023 13:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ބައެއް އިމާރާތްތަކުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ ސެކިޔުރިޓީ ކޮންޓްރެކްޓް އުޞޫލުން 2023 ފެބްރުއަރީ 15 އިން ފެށިގެން 2024 ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް، 01 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބިޑް އޯޕަން މީޓިންގ

23 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގައި

ބިޑް ގައި ރަޖިސްޓްރީ ވުމުގެ އަގަކީ -/100ރ އެވެ. ބިޑްގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވިފައި ވަނީ 15 ޖެނުއަރީ 2023 ވަނަ ދުވަހުން ފެށިގެން 22 ޖެނުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށެވެ. ބިޑްގައި ރަޖިސްޓްރީ ކުރުމުގެ މުއްދަތުގައި ނައިފަރު ކައުންސިލްގެ އިދާރާ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރ 7705700335001 (1370 ރެވެނިއު 1) އެކައުންޓް އަށް -/100ރ (އެއްސަތޭކަ) ރުފިޔާ ޖަމާކުރުމަށްފަހު ސްލިޕްކޮޅު 7988627 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9991199 އަދި 6620126 ނަންބަރާއި ގުޅުއްވުން އެދެމެވެ.

15 ޖަނަވަރީ 2023