| 
 މަޤާމު 
 | 
 މަސައްކަތު 
 | 
| 
 މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން 
 | 
 ސަޕޯޓް ސްޓާފް ގްރޭޑް 1 
އެސް.އެސް 1 
 | 
| 
 މުސާރައާއި ޢިނާޔަތްތައް 
 | 
 މުސަރަ: މަހަކު -/3100 ރުފިޔާ، ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ. 
 (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.) 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން 
 | 
 އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ/ މާލެ (އެޑްމިން) 
 | 
| 
 ބޭނުންވާ އަދަދު 
 | 
 4 
 | 
| 
 ޝަރުޠު 
 | 
 1. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން. 
 | 
| 
 މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ހަވާލުކުރެވޭ އެކިއެކި ތަންތަން ކުނިކަހައި ފޮޅައި ސާފުކުރުން.
 
- ކްލާސްތައް ކުނިކަހައި ފޮހެ ސާފުކުރުމާއި، ކްލާސްތަކުގެ ޑަސްބިންތައް ދޮވެ ސާފުކުރުން.
 
- ކުދިންގެ ފާޚާނާތައް ބެލެހެއްޓުމާއި، ދޮވެ ސާފުކުރުން.
 
- ގޯތިތެރެ ކުނިކެހުމާއި، ފެންޖެހުމާއި، އެކިއެކި ޖަލްސާތަކާއި، މުނާސަބަތުތަކުގައި ބޭނުންވާ ގޮނޑިޖެހުން.
 
- ސްކޫލުގައި ހިންގޭ އެކި ހަރަކާތްތަކުގައި އެހީތެރިވެދިނުން.
 
- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރާ އެންމެހައި ކަންތައްތައް ކުރުން.
 
 
 | 
| 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ނަންބަރު 3328072 ފޯނަށް ގުޅުން އެދެމެވެ. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: 
އެއްގަމު އުޅަނދުތައް ދުއްވުމުގެ ލައިންސަންސް އޮތް ފަރާތެއްކަމުގައިވުން. 
އޮފީހުގެ ސްޓޮކަށް ގެނެވޭ ތަކެއްޗާއި، ސްޓޮކުން އެކިއެކި ފަރާތްތަކަށް ގެންދަންޖެހޭ ތަކެތި އުފުލޭނެ ފަރާތެއްކަމުގައިވުން. 
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި: 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ ކައުންޓަރުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  ވެބްސައިޓު www.csc.gov.mv  އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 
  
  | 
- ސުންގަޑި: މި މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުން 2014 ޑިސެންބަރު 14 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް (ޗާންދަނީމަގު، ޢަރަބިއްޔާ ސްކޫލް ރިސެޕްޝަން) ވަޒީފާއަށްއެދޭ ފޯމާއި، މަތީގައިވާ ލިޔުންތަކާއެކު ހުށަހެޅުންއެދެމެވެ.
 
- ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 ކެންޑިޑޭޓުންނަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ. އިންޓަވިއު އޮންނާނީ، އިއުލާނުގެ މުއްދަތު ހަމަވާތާ 20 ދުވަހުގެ ތެރޭގައެވެ.
 
 
 | 
| 
 08 ޞަފަރު 1436 
 |