ދިވެހިރާއްޖެ
01. ތަފްސީލް
އެން.ސީ.އޭ އިން އިންތިޒާމްކޮށްގެން 04 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ރޭގަނޑު އޮލިމްޕަހުގައި ބާއްވަން ހަމަޖެހިފައިވާ ޝޯގައި ތިރީގައިވާ އައިޓަމްތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
|
|
އައިޓަމް |
ތަފްސީލް |
|
1 |
ނެށުން |
މި ނެށުން ވާންވާނީ 5 މިނެޓާއި 10 މިނެޓާ ދެމެދުގެ ދިގުމިނުގެ ނެށުމަކަށެވެ. ނެށުމުގައި ގިނަ ނެށުންތެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އޮތުމުގެ އިތުރުން ރާއްޖޭގެ ޒަމާނީ އަދި ސަގާފީ ނެށުމުގެ ހަރަކާތްތައް ރަމްޒުކޮށްދޭންވާނެއެވެ. |
|
2 |
ސްޓޭޖު ތަމްސީލު |
ސްޓޭޖް ތަމްސީލުގެ ދިގުމިނަކަށް ވާންވާނީ 5 މިނެޓާއި 10 މިނެޓާ ދެމެދުގެ ދިގުމިނުގެ ތަމްސީލަކަށެވެ. |
02. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް އަގު ހިމެނޭހެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލްގައި މީގެ ކުރިން ކުރައްވާފައިވާ މިފަދަ މަސައްކަތްތަކުގެ ތަފްސީލު އަދި އޯޑިއޯ ވިޝުއަލް ލިންކް ހިމަނަންވާނެއެވެ. އަދި އިވެލުއޭޓް ކުރުމަށް މަދުވެގެން 2 އައިޓަމެއް ހުށަހަޅަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ކޮންމެ އައިޓަމަކަށް ވަކި ޕްރޮޕޯސަލެކެވެ. މި ކަމާބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވާނަމަ[email protected] އަށް އީމެއިލް ކުރެއްވުމަށް ނުވަތަ 3313456 ނަންބަރު ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.
|
ތަފްޞީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
|
ޕްރޮޕޯސަލް ހުށަހެޅުން |
19 ޖަނަވަރީ 2023 (ބުރާސްފަތި) |
10:30 |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
03. އިވެލުއޭޓް ކުރެވޭނެ މިންގަނޑު
|
އިވެލުއޭޝަން މިންގަނޑު |
||
|
ޕޮއިންޓް ދެވޭނެ ދާއިރާ |
ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް |
ޕޮއިންޓްގެ އަދަދު |
|
އަގު |
ހުށަހެޅި އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު × 40 (އަގު ކުޑަވީ ވަރަކަށް ލިބޭ ޕޮއިންޓް ގިނަވާނެއެވެ.) |
40 |
|
ކްރިއޭޓިވިޓީ ކޮންސެޕްޓް |
މި ބައިގައި ބަލާނީ ހުށަހަޅާ އައިޓަމްގެ ކޮންސެޕްޓަށް ބެލުމަށް ފަހުގައެވެ. |
30 |
|
މަސައްކަތުގެ ފެންވަރު |
މި ބަޔަށް ޕޮއިންޓްދިނުމުގައި ބެލޭނީ މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބެލުމަށްފަހުގައެވެ. މިގޮތުން އިވެލުއޭޓް ކުރުމުގައި މަދުވެގެން 2 މަސައްކަތެއް އިވެލުއޭޓް ކުރެވޭނެއެވެ. |
30 |
|
ޖުމްލަ |
100 |
|