| މަޤާމު | އެޑްމިނިސްޓްރޭޓިވް އޮފިސަރ | ރޭންކް: ޖީ.އެސް 3 | 
| އަދަދު | 01 (އެކެއް) |   | 
| މަސައްކަތް ކުރަންޖެހޭ ތަން | ކްރިމިނަލް ކޯޓު | 
| އަސާސީ މުސާރަ | -/4465 ރުފިޔާ (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) | 
| މިމަޤާމަށް ލިބޭ އެލަވަންސް | ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) އަދި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. | 
| އަސާސީ ޝަރުޠު | 
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުމާއެކު ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން [ޑީ] ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ލިބިފައިވުން ނުވަތަމަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައުޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު | 
ސަރުކާރުގެ އޮފީސްތަކުން ރިކޯޑު ސާފުކުރުމަށް ފޮނުވާ ސިޓީތަކުގެ ރިކޯޑުސާފުކޮށް އެފަރާތްތަކަށް ޖަވާބުދިނުން.ރަށުކޯޓުތަކުން ކުށުގެ ރިކޯޑު ސާފުކުރުމަށް ފޮނުވާ މެސެޖުތަކުގެ ރިކޯޑު ސާފުކުރުމަށްފަހު ޖަވާބު ފެކްސްކޮށް ފައިލްކުރުން.ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ރިކޯޑު ސާފުކުރަން ސެކްޝަންތަކުން ގެންނަ ފޯމުތަކުގެ ރިކޯޑުސާފުކުރުމަށްފަހު ސެކްޝަނާ ޙަވާލުކުރުން.ރާއްޖެތެރޭގެ ރަށުކޯޓުތަކުން ކުށުގެރިކޯޑު ބެލެހެއްޓުމަށް ފޮނުއްވާ މެސެޖުތައް ކޮމްޕިއުޓަރަށް ނަގާ އެރަށެއްގެ ފޮތަށް ނަގައި ފައިލްކުރުން.ކޯޓުން ނިންމާ މައްސަލަތަކުގެ ތަންފީޛު ޗިޓު ކޮމްޕިއުޓަރަށް ނެގުން.ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ބާޠިލުކުރައްވާ މައްސަލަތައް ކޮމްޕިއުޓަރުން އިޞްލާޙުކޮށް ފޮތުން އިސްލާޙުކުރުން.ސިވިލް ކޯޓުން ރިކޯޑުސާފުކުރަން އަންނަ ޤާނޫނު ނަންބަރު: 28/76 ގެ މަޢުލޫމާތު ސާފުކުރާ ފޯމުތަކުގެ ރިކޯޑު ސާފުކުރުން.ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސަރވިސަސް އިން އަންނަ  ފޯމުތަކުގެ ރިކޯޑު ސާފުކޮށް އެފަރާތްތަކަށް ފޮނުވުން.މިކޯޓުގެ ސެކްޝަންތަކުން ރިކޯޑު ބަލާ ފޯމުތައް ޙުކުމް ކުރުމުގެ ކުރިން ރީޗެކްކޮށްދިނުން.ރިކޯޑު ސާފުކުރެވޭ މީހުންގެ މަޢުލޫމާތު ފުރިހަމަތޯ ހުށަހަޅާއިންނާއި އައިޑީކާޑުން ރީޗެކްކުރުން.ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ކުށުގެ ރިކޯޑު ސާފުކުރުމަށް ފޮނުވާ ލިސްޓުތަކުގެ ރިކޯޑު ސާފުކޮށް ދުވަހުން ދުވަހަށް ޖަވާބުދިނުން.އަމިއްލަ ފަރާތްތަކުން ކުށުގެރިކޯޑު ސާފުކުރުމަށް ފޮނުވާ ސިޓީތަކުން އެދިފައިވާ ފަރާތުގެ ކުށުގެރިކޯޑު ސާފުކޮށް އަމިއްލަމީހުންގެ ސިޓީގެ ޖަވާބު ތައްޔާރުކުރުން. | 
| އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި | 
ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމުވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީމޯލްޑިވްސް އެކްރެޑިޓޭޝަންބޯޑުން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މިބަޔަށް މާކްސް ދިނުމުގައި ގުނޭނީ ސަރުކާރުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކޮށްފައިވާނަމައެވެ. މިލިޔުމުގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.) | 
| ސުންގަޑި | 14 ޑިސެންބަރު 2014 ވަނަ ދުވަހުގެ 14:00 | 
| އިތުރު މަޢުލޫމާތު | 
މިމަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.ވަޒީފާއަށް އެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ. |