ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ގދ. މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތް އަދި ގދ. މަޑަވެލި މަސްޖިދުއްތަޤްވާ މިސްކިތުގެ އެތެރޭގައި ނޮވިލޯން އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، 05 ޖެނުއަރީ 2023 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އަށް މަޑަވެލި ކައުންސިލްގެ އިދާރާގެ މެއިލް: [email protected] އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
1) ނޮވިލޯން އެޅުމާއިބެހޭ މަޢުލޫމާތު:
1.1) ގދ. މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތުގެ އެތެރޭގައި ނޮވިލޯން އަޅަން ބޭނުންވާ ސަރަޙައްދުގެ މިންތައް:
- މިސްކިތުގެ އެތެރޭގެ ފުޅާމިން (ސަފުދިގަށް) '65 ފޫޓް
- މިސްކިތުގެ އެތެރޭގެ ދިގުމިން (ޤިބްލައަށް) '54 ފޫޓް
- މިޙްރާބުގެ: ޤިބްލައަށް '6 ފޫޓް، ފުޅާ '5 ފޫޓް
1.2) ގދ. މަޑަވެލި މަސްޖިދުއްތަޤްވާ މިސްކިތުގެ އެތެރޭގައި ނޮވިލޯން އަޅަން ބޭނުންވާ ސަރަޙައްދުގެ މިންތައް:
- މިސްކިތުގެ އެތެރޭގެ ފުޅާމިން (ސަފުދިގަށް) '40 ފޫޓް
- މިސްކިތުގެ އެތެރޭގެ ދިގުމިން (ޤިބްލައަށް) '26 ފޫޓް
- މިޙްރާބުގެ: ޤިބްލައަށް '6 ފޫޓް، ފުޅާ '5 ފޫޓް
2) ނޮވިލޯން އަޅަންވާނީ، ފެހި ނުވަތަ ނޫކުލަ ނުވަތަ މަޑަވެލި ކައުންސިލްގެ އިދާރާ އިން ޤަބޫލުކުރާ އެހެން މަޑު ކުލައެއްގެ މަންޒަރު ނެތް ނޮވިލޯން އެވެ. ސަފުތައް ފާހަނގަވާގޮތަށް ނެތް ނޮވިލޯންއެއްނަމަ، ސަފުތައް ފާހަނގަކޮށްދޭންވާނެއެވެ. އަދި ނޮވިލޯންގެ ކުލައާއި ސްޕެސިފިކޭޝަންތައް މަޑަވެލި ކައުންސިލްގެ އިދާރާ އަށް ހުށަހަޅައިގެން ފާސް ކުރަންވާނެއެވެ.
3) މިސްކިތް ތަކުގައި އަޅާ ނޮވިލޯންގެ މިނިމަމް ރިކްއަރމަންޓްސް އަކީ:-
|
Thickness: 2.5 mm |
|
Wear Layer: 0.43 mm |
|
Weight: 2350 grams per SQM |
|
Finishing: Pu lacquer / Natural feel |
|
Sound: Acoustic 25 db |
4) އަގު ހުށަހަޅާނީ، ތަކެތީގެ އަގާއި، މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތުގެ އެތެރޭގައި ނޮވިލޯން އަޅައިދިނުމަށް ހިނގާނެ އެންމެހާ ޚަރަދުތައް ހިމަނައިގެން ޖުމްލަ އަގާއިއެކު، މުޅި މަސައްކަތް ނިންމައިދޭނެ މުއްދަތެކެވެ.
5) އަގު ހުށަހެޅުމާއިބެހޭ އިތުރު މަޢުލޫމާތު:
5.1) މި މަސައްކަތަށް އަގު ހުށަހެޅޭނީ، އަގު ހުށަހެޅުމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި އަގު ހުށަހެޅުމަށް މަޑަވެލި ކައުންސިލްގެ އިދާރާ ގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި، ޕާރޓްނަރޝިޕް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
5.2) މިމަސައްކަތަށް އަގު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 04 ޖެނުއަރީ 2023ވަނަ ދުވަހުގެ މެންދުރުފަހު 10:00 ގެ ކުރިން އަގު ހުށަހެޅުމަށްޓަކައި މަޑަވެލި ކައުންސިލްގެ އިދާރާ ގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފޯމު މަޑަވެލި ކައުންސިލްގެ އިދާރާ ގެ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. ރަޖިސްޓްރޭޝަން ފޯމާއިއެކު، ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
5.3) އަގު ހުށަހަޅާ ފޯމާއެކު، އަގަށް ޒިންމާވާނެ (ކުންފުނީގެ ނުވަތަ ވިޔަފާރީގެ) ވެރިއެއްގެ އައިޑީ ކާޑުގެ ކޮޕީ އެއް ހުށަހަޅަންވާނެއެވެ.
5.4) އަގު ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުފޯމްތައް ބަލައި ނުގަނެވޭނެއެވެ.
6) ނޮވިލޯން އެޅުމުގެ މަސައްކަތަށް ހުށަހަޅާ އަގުތައް އިވެލުއޭޓް ކުރާނީ، ތިރީގައިވާ ގޮތަށެވެ.
# |
ބައިތައް |
ތަފްޞީލް |
ޕޮއިންޓް |
1 |
އަގު |
ހުށަހަޅާ އަގު (ކުޑަ އަގަށް ގިނަ މާކްސް ލިބޭ އުޞޫލުން) |
%90 |
2 |
މުއްދަތު |
ހުށަހަޅާ މުއްދަތު (ކުރު މުއްދަތަށް ގިނަ މާކްސް ލިބޭ އުޞޫލުން) |
|
3 |
ތަޖްރިބާ |
ނޮވިލޯން އެޅުމުގެ މަސައްކަތެއް 2020 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ކޮށްފައިވާނަމަ އެކަމުގެ ލިޔުން (ގުޅުންހުރި ގިނަ ލިޔުންތަކަށް ގިނަ މާކްސް ލިބޭ އުޞޫލުން) |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.