ދިވެހިރާއްޖެ
ނަމްބަރު:137-IU/PR/2022/49
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިހޮސްޕިޓަލުން ދީފައިވާ ކުރެހުމާއި އެއްގޮތަށް ފެން ހޮޅިއެއް ވަޅުލުމައްޓަކައި 70 މީޓަރުގެ ސަރަހައްދެއް ކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، އިޢުލާނާއެކު މިވާ ބީއޯކިއުގައިވާގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް
- އަގު ހުށަހަޅަންވާނީ ޖީއެސްޓީ ހިމަނައިގެން މުޅި މަސައްކަތައްވާ ޖުމްލަ އެނގޭގޮތަށް ދީފައިވާ ބީއޯކިއު އާއި އެއްގޮތަށެވެ.
- އަންދާސީ ހިސާބުގެ މުއްދަތު (ވެލިޑިޓީ ޕީރިއަޑް) މަދުވެގެން 60 ދުވަސް އޮންނަންވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި
- އަންދާސީ ހިސާބު / މަސައްކަތްކޮށްދޭނެ އަގު ބީއޯކިއުގައިވާ ގޮތަށް
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
- ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
- އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
|
1 |
އަގު |
100 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
އަންދާސީ ހިސާބު ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އައި.ޖީ.އެމް ހޮސްޕިޓަލް
އައި.ޖީ.އެމް. ހޮސްޕިޓަަލުގައި ފެން ހޮޅިއެއް ވަޅުލުމައްޓަކައި 70 މީޓަރުގެ ސަރަހައްދެއް ކޮނުމުގެ މަސައްކަތުގެ އިއުލާނުކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 03 ޖެނުއަރީ 2023 ވާ (އަންގާރަ) ދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން
2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
3- ޚިދުމަތްދޭފަރާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު:
- ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
https://www.igmh.gov.mv/publications/tenders/
- 2. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތ ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
03 ޖުމާދުލް އާޚިރާ 1444
26 ޑިސެމްބަރ 2022