| މަޤާމުގެ ނަން: | ހިއުމަން ރިސޯސް އޮފިސަރ | 
| ބޭނުންވާ އަދަދު: | 01 | 
| މަޤާމުގެ ޤިންތި:  | ދާއިމީ | 
| ރޭންކް: | ޑެޕިއުޓީ ސިވިލް އޮފިސަރ (ސީ 3) | 
| ކްލެސިފިކޭޝަން: | ސިވިލް އޮފިސަރސް | 
| މުސާރަ: | މަހަކު6,070.00 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު  3,500.00 ރުފޔާ | 
| ނޮން ޕްރެކްޓިސް އެލަވަންސް: | މަހަކު  2,731.50 ރުފޔާ | 
| މަސައްކަތް ކުރަންޖެހޭ ތަން:       | ހިއުމަން ރިސޯސް ސެކްޝަން / ހެޑް އޮފީސް | 
| ފެންވަރު ނުވަތަ ޝަރުތު:           | މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ؛ 
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން،މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 35 (ތިރީސް ފަސް) އަހަރު ނުވާ މީހަކު ކަމުގައިވުން،ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.   | 
| މަޤާމުގެ މަސްޢޫލިއްޔަތު:   | 
މުސާރަ ހެދުމާއި މުސާރަ ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ އުޞޫލާ އެއްގޮތަށް މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމުގެ މަސައްކަތްތައް ކުރުމާއި، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތުގެ އަދާހަމަ ތައްޔާރުކުރުން.މުވައްޒަފުންގެ ކޮންމެ އަހަރެއްގެ އަހަރީ ޗުއްޓީ ޕްލޭން ތައްޔާރު ކުރުމުގައި އެހީތެރިވެ، އެޓެންޑެންސް ސިސްޓަމް މެދުވެރިކޮށް މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމާއި ހާޒިރީ ރިޕޯޓުތައް ތައްޔާރުކޮށް، ޗުއްޓީތަކުގެ އަދާހަމަ ގަވާއިދުން ބެލެހެއްޓުން.މި ސަރވިސްގެ ޤާނޫނާއި ގަވާއިދުގެ ދަށުން މުވައްޒަފުންނާ ބެހޭ އެންމެހައި ކަންކަމުގައި ތައްޔާރުކުރަންޖެހޭ އުޞޫލުތައް ތައްޔާރުކުރުމުގައި އެހީތެރިވުން.ޑިޕާޓްމަންޓް، ސެކްޝަން އަދި ޔުނިޓުތަކުގެ މަޝްވަރާއާއެކު ހެދިފައިވާ މުޅި ދާއިރާއެ ޓްރޭނިންގ ރިކުއަރމަންޓްއާ އެއްގޮތަށް މުވައްޒަފުން ތަމްރީން ކުރުމާއި ތަރައްޤީކުރުމުގެ ކަންތައްތައް ރާވާ ހިންގުމާއި، ތަމްރީނު ކުރެވިފައިވާ މުވައްޒަފުންގެ އެންމެހައި މަޢުލޫމާތުތައް ގަވާއިދުން ބެލެހެއްޓުން.ސެކްޝަނަށް ލިބޭ ލިޔުންތައް އެންޓްރީއަށް ފޮނުވުމާއި، ޖަވާބު ދޭންޖެހޭ ލިޔުންތަކަށް ސުންގަޑި ހަމަވުމުގެ ކުރިން ޖަވާބު ދިނުމާއި، ސެކްޝަނުން ލިޔަންޖެހޭ ނޯޓު، މެއިލް، މެމޯ އަދި ސިޓީ ފަދަ ލިޔުންތައް ލިޔެ ފޮނުވުން.މުވައްޒަފުނަށް ދޭންޖެހޭ ރެފަރެންސް ލިޔުންތައް ތައްޔާރުކޮށް ހަވާލުކުރުމާއި އެ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.ސެކްޝަންގެ ވީކްލީ ރިޕޯޓު އަދި ދުވަހު ޔައުމިއްޔާތައް އަދި ސެކްޝަނުން ބޭއްވޭ އެހެނިހެން ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ގަވާއިދުން ލިޔުން.އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމުކޮށް، ބައްދަލުވުންތައް ބޭއްވުމާއި، ކޮމިޓީގެ ނިންމުންތަކާއި ޔައުމިއްޔާ ލިޔެ، ލިޔުންތައް ފައިލްކޮށް، އެޗްއާރްއެމްޑީ ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުން. | 
| މަޤާމާއި ގުޅޭ ދާއިރާ: | މެނޭޖްމަންޓް ދާއިރާ އެޑްމިނިސްޓްރޭޝަން ދާއިރާ ހިއުމަން ރިސޯސް ދާއިރާ ލީގަލް ދާއިރާ   | 
| މަޤާމުގެ ތަޢުލީމީ ރޮނގުތައް: | މެނޭޖްމަންޓް އެޑްމިނިސްޓްރޭޝަން ހިއުމަން ރިސޯސް ލީގަލް   | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް: | 
ތައުލީމް ޝަރުތު (ސާޅީސް ފަސް ޕަސެންޓް)ދާއިރާއާއި ގުޅޭ ތައުލީމްގެ އިތުރަށް ލިބިފައިވާ ތަޢުލީމް (ފަސް ޕަސެންޓް)މަސައްކަތު ތަޖުރިބާ (ދިހަ ޕަސެންޓް)މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ސާޅިސް ޕަސެންޓް)   | 
| ހުށަހަޅަންޖެހޭ ލިޔުންތައް:  | 
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ 
ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއްއިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީޕޮލިސް ރިޕޯޓް | 
| ސުންގަޑި:   | މި މަޤާމުތަކަށް  އެދޭ ފަރާތްތަކުން، މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2023 ޖަނަވަރީ 02 ވާ ހޯމަ ދުވަހު 15:00 ގެ ނިޔަލަށް   [email protected]ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ. (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ. | 
| ޝޯޓް ލިސްޓްކުރުން: | 
މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު: | 
މިމަގާމުގެ އިންޓަރވިއު އޮންނާނީ 2023 ޖަވަނަރީ 02 އާއި 07 އާއި ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައި (ޤާޒީ ބިލްޑިންގ) ގައެވެ. | 
| ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން: | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
| އިތުރު މަޢުލޫމާތު | 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ. |