ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MS/2014/ 29
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 01 ޑިސެންބަރު 2014 10:30
މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމާއި ޕްރައިމަރީ ގްރޭޑްތަކުގެ ޔުނީފޯމު ފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު 2014/27/އެމް.އެސް އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމާއި ޕްރައިމަރީ ގްރޭޑްތަކުގެ ޔުނީފޯމު ފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 1 ޑިސެންބަރު 2014ވާ ހޯމަ ދުވަހުގެ 10:30އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 ޑިސެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 10:30އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅުން، މި ސްކޫލުގެ އޮފީސްގޭޓުން (އަމީރުއަޙުމަދު މަގު) ވަދެވަޑައިގެންނެވުން އެދެމެވެ.                                                             

27 ނޮވެންބަރު 2014