ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ (5) ގައިވާ ގޮތުގެމަތިން އަތޮޅު ތެރޭގެ ރަށްރަށަށް ރަޖިސްޓަރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ އަހަރީ ފީ ރަށުކައުންސިލްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ، މި ދެންނެވި ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ (22) އިން ބާރުލިބިގެން މި ކައުންސިލުން ބަލަހައްޓަމުންދާ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ދަފުތަރު އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި، މިރަށުގައި ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާބެހޭ ތިރީގައި މިދަންނަވާ ލިޔުންތައް ހުށަނާޅާ ފަރާތްތަކުން 2023 ޖެނުއަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން [email protected] އަށް އީމެއިލް ނުވަތަ 9969798 އަށް ވައިބަރ ކުރެއްވުމަށް ދަންނަމެވެ.
- އުޅަނދުގެ ރަޖިސްޓަރީ ކޮޕީ
 - އުޅަނދުގެ ވެރިފަރާތަކީ:
 - އަމިއްލަ ފަރުދެއް ނަމަ އައިޑީ ކާޑު ކޮޕީ
 - ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީ
 
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.