ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HR-IUL-2022-078
މަޤާމް: ލީޑް ޑެވެލޮޕަރ
ބޭނުންވާ އަދަދު: 01
ޑިޕާޓްމަންޓް/ސެކްޝަން: އިންފޮމޭޝަން ސިސްޓަމްސް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް،މާލެ
މަޤާމުގެ ޝަރުތު:
- ސޮފްޓްވެއަރ އިންޖިނިއަރިންގ، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ހާސިލުކޮށްފައިވުން.
 - ސޮފްޓްވެއަރ ޑިވެލޮމަންޓްގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
 - PHP, MySQL, HTML, JavaScript, VueJs, CSS, Laravel, Docker އަށް އަހުލުވެރިވުން
 - “Git” އަދި “SVN” ގެ މަޢުލޫމާތާއި ހުނަރު ލިބިފައިވުން
 - ވެބް ޑިވެލޮޕްމަންޓް ތަޖުރިބާ އާއި "RDBMS" ގެ ތަޖުރިބާ ލިބިފައިވުން
 
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ ޑިވަލޮޕްމަންޓް މަސައްކަތްކުރާ މުވައްޒަފުން ލީޑްކޮށް ސުޕަވައިޒްކުރުން.
 - ސިސްޓަމް ހެދުމަށް ބޭނުންވާ ރިކުއަރމެންޓްތައް ދެނެގަތުން.
 - ކޯޑް ރިވިއުކުރުން އަދި ކޯޑް ކުރުމާއިގުޅޭ ކަންކަން ޓްރަބްލްޝޫޓް ކުރުން.
 - ސޮފްޓްވެއަަރ ޓެސްޓްކުރުން އަދި ޑިޕްލޯއިކުރުން.
 - ސިސްޓަމް ރޯލްއައުޓް ކުރުމުގެ ކަންކަން ރާވައި ހިންގުން.
 - ޑިވަލޮޕްކުރެވިފައިވާ ސޮފްޓްވެއަރތަކަށް އަންނަންޖެހޭ ބަދަލުތައް ދެނެގަތުން.
 
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ދާއިރާއިން ތަޖުރިބާ އާއި ހުނަރު ލިބިފައިވުން. އަދި މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
 - އިނގިރޭސިބަހާއި، ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން
 
މުސާރައާއި އިނާޔަތް : -/25،000 ރުފިޔާ އާއި، -/32،000 ރުފިޔާ އާ ދެމެދުގެ އަދަދެއް (މުސާރައާއި އިނާޔަތް ދިނުމުގައި ލިބިފައިވާ ތަޢުލީމަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ބެލޭނެއެވެ).
ކުރިމަތިލުމުގެ ސުންގަޑި: 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
 - ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
 - ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
 - ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
 - ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ:
 
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
 - މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
 
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3011419 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.