ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/254
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 13 ޑިސެންބަރު 2022 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

މެނޭޖަރ

ވަޒީފާގެ ދާއިރާ:

ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (ކޮމާރޝަލް ޕްރޮޖެކްޓްސް އެންޑް ބިޒްނަސް ރިލޭޝަންސް ޔުނިޓް)

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/11,500ރ އާއި -/22,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

 ފެންވަރު ނުވަތަ ޝަރުޠު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާގައި އުޅެ މަދުވެގެން 02 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާގައި އުޅެ މަދުވެގެން 07 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުދި އަދި ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިންތިޒާމްތައް އެހެން ޑިޕާޓްމަންޓްތަކާއި ގުޅިގެން ރާވައި ކުރިއަށް ގެންދިއުން.
  • ޕްރޮޖެކްޓްތަކާއި ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކޮށް، ކަނޑައެޅިފައިވާ ޑެޑްލައިން ތެރޭގައި އެލިޔެކިޔުންތައް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.
  • މުޅި ޕްރޮޖެކްޓް ނިމެންދެން ފޮލޯއަޕް ހަދަންޖެހޭ ޑިޕާޓްމަންޓްތައް އަދި މުއައްސަސާތަކާއި މުއާމަލާތް ކުރުމާއި ޕްރޮޖެކްޓްގެ ކަންކަން ބެލެހެއްޓުން.
  • ސޯލާ ޕެނަލް ހަރުކުރުމަށް އަންނަ އެޕްލިކޭޝަންތަކަށް ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްތަކާއި ގުޅިގެން ހިދުމަތްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ކްލައިންޓުން ހޯދުމަށް މަސައްކަތް ކުރުމާއި ޕޮޓެންޝަލް ކްލައިންޓުންނާއި މުއާމަލާތްކޮށް ގުޅުން ބަދަހިކުރުން.
  • ކުންފުނިން ކާމިޔާބު ކުރާ ބިޑް ޕްރޮޖެކްޓްތައް އެހެނިހެން ޑިޕާޓްމަންޓްތަކާއި ގުޅިގެން ކުރިއަށް ގެންދިއުން.
  • ކޮމާރޝަލް ޕްރޮޖެކްޓްސް އެންޑް ބިޒްނަސް ރިލޭޝަންސް ޔުނިޓް އާއި ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުން އަދި ސްޓާފުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން. 
  • ބިޒްނަސް ޑެވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޑިޕާޓްމަންޓްގެ އިސްވެރިޔާއަށް އެހީތެރިވެދިނުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

13 ޑިސެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 13 ޑިސެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

14 ޖުމާދަލްއޫލާ 1444

08 ޑިސެންބަރު 2022

08 ޑިސެންބަރު 2022