|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
ޗީފް ފައިނޭންޝަލް އޮފިސަރ (ސީ.އެފް.އޯ)
|
|
ވަޒީފާގެ ދާއިރާ:
|
ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާރޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:
|
މަސައްކަތުގެ ދާއިރާގެ ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކޮށް ދެފަރާތުން އެއްބަސްވާ މުސާރައެއް
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
• މެންބަރ އޮފް އެސޯސިއޭޝަން އޮފް ޗަރޓަރޑް ސަރޓިފައިޑް އެކައުންޓަންޓް (ACCA)، ނުވަތަ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓް (CPA)، ނުވަތަ ޗަރޓަރޑް ޕަބްލިކް އެކައުންޓަންޓްސް (CPA)، ނުވަތަ ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (CIMA)، ނުވަތަ IFAC ސަރޓިފައިޑް ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެންބަރަކު ކަމުގައިވުން.
• ފައިނޭންސް ދާއިރާއިން މަދުވެގެން 10 އަހަރު (5 އަހަރު ފައިނޭންޝަލް އަދި ކޯޕަރޭޓް ރިޕޯޓިންގ ދާއިރާއިން) މަސައްކަތު ތަޖުރިބާ ލިބިފައިވުން.
• ކޯޕަރޭޓް ދާއިރާއަކުން މަދުވެގެން 5 އަހަރު ސީނިއަރ މެނޭޖްމަންޓްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
• IFRS ގެ ސްޓޭންޑަރޑްތަކަށް އަހުލުވެރިވުން.
|
|
ނުވަތަ
• ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާއިން މާސްޓަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައިވުން
• ފައިނޭންސް ދާއިރާއިން މަދުވެގެން 12 އަހަރު (6 އަހަރު ފައިނޭންޝަލް އަދި ކޯޕަރޭޓް ރިޕޯޓިންގ ދާއިރާއިން) މަސައްކަތު ތަޖުރިބާ ލިބިފައިވުން.
• ކޯޕަރޭޓް ދާއިރާއަކުން މަދުވެގެން 5 އަހަރު ސީނިއަރ މެނޭޖްމަންޓްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
• IFRS ގެ ސްޓޭންޑަރޑްތަކަށް އަހުލުވެރިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކުންފުނީގެ ފައިނޭންޝަލް ލަނޑުދަނޑިތައް ކަނޑައެޅުމަށްޓަކައި ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭނިންގ ޕްރޮސެސްގައި ޙަރަކާތްތެރިވުން.
- އެންމެ އެކަށީގެންވާ ކެޕިޓަލް އޮނިގަނޑެއް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކެޕިޓަލްގެ ޚަރަދާއި ފައިނޭންޝަލް ފްލެކްސިބިލިޓީ ދެމެހެއްޓުން.
- ކުންފުނީގެ ސްޓްރެޓެޖިކް ޑައިރެކްޝަނަށް އެހީތެރިވެދޭ ފައިނޭންޝަލް ޕާފޯމަންސް މިންގަނޑުތަކާއި މޮނިޓަރިން ސިސްޓަމްތައް ޤާއިމްކުރުން
- ކުންފުނީގެ ސްޓްރެޓެޖިކް ނިންމުންތަކަށާއި ހިންގަމުންދާ ޕްރޮޖެކްޓްތައް ރިވިއުކޮށް، ފައިނޭންޝަލް އެނަލިސިސްގެ ހުރިހާ ހަރަކާތެއް ބެލެހެއްޓުމާއި އިރުޝާދު ދިނުން.
- ކުރު އަދި ދިގު މުއްދަތުގެ ފައިނޭންޝަލް ޕްލޭންތަކާއި ލަނޑުދަނޑިތަކާއި މަޤްސަދުތައް އެކުލަވާލައި ތަންފީޒުކުރުން.
- ކުންފުނީގެ މާލީ މަޤްޞަދުތައް ޙާޞިލްކުރުމަށް ސްޓްރެޓެޖިކް އަދި އޮޕަރޭޝަނަލް ލީޑަރޝިޕް ފޯރުކޮށްދިނުން.
- ކުންފުނީގެ ސްޓްރެޓެޖިކް އަދި ބިޒްނަސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން އަހަރީ ބަޖެޓާއި މާލީ އަންދާޒާތައް އެކުލަވާލުން.
- ހިންގުމުގެ ހުރިހާ ދާއިރާއަކުން ފައިނޭންޝަލް އެފިޝަންސީ ޙާސިލުކޮށް، ޚަރަދު ކުޑަކުރެވޭނެ ޕްލޭނެއް ޤާއިމްކުރުން.
- ކުންފުނީގެ މަޝްރޫޢުތަކަށް މާލީ ގޮތުން ކުރާނެ އަސަރުތަކާ ބެހޭގޮތުން ސީނިއަރ މެނޭޖްމަންޓަށް ލަފާ ދިނުން.
- ކުންފުނީގެ މަސައްކަތްތައް ދެނެގަނެ އިވެލުއޭޓްކޮށް، ކުންފުނީގެ މާލީ މަޤްޞަދުތައް ޙާސިލުކުރެވޭތޯ ބެލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް ލަފާދިނުން.
- ކުންފުނީގެ ރިސްކް ޕްރޮފައިލްގެ މައިގަނޑު ބައިތައް ދެނެގަނެ، ރިސްކް މިޓިގޭޓް ކުރާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކުރުން.
- ޑިޕާޓްމަންޓްގެ ފަންކްޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކޮށް ބެލެހެއްޓުން.
- ކުންފުނީގެ ދިގު މުއްދަތުގެ ކުރިއެރުމުގެ ޕްލޭންތަކަށް ފެތޭގޮތަށް ފައިނޭންޝަލް އަދި އޮޕަރޭޓިން ސިސްޓަމްތައް ސްކޭލް ކުރަމުންދާކަން ކަށަވަރުކުރުމަށް ޕްރޮއެކްޓިވް އެޕްރޯޗެއް ގެންގުޅުން.
- ކުންފުނީގެ ފައިނޭންޝަލް މަޢުލޫމާތާއި ޕްރޮޖެކްޝަންތައް މެނޭޖްމަންޓާއި ބޯޑަށް ހަރުދަނާގޮތެއްގައި ފޯރުކޮށްދިނުން.
- ޑިޕާޓްމަންޓުގެ ތެރޭގައި މުވައްޒަފުން ކޯޗުކޮށް ތަރައްޤީ ކުރުން.
- ކުންފުނީގެ އަހަރީ އެކްސްޓަރނަލް އޮޑިޓްގެ ޕްލޭން ތައްޔާރުކުރުމުގެ ގޮތުން ކުންފުނީގެ މެންޑޭޓް ދެނެގަނެ އޮޑިޓްގެ ހުރިހާ މަސައްކަތްތަކެއް ރޭވުންތެރިކަމާއިއެކު ތަންފީޒުކުރުން.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
13 ޑިސެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު،[email protected] އަށް 13 ޑިސެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ސަރޓިފައިޑް ޕްރޮފެޝަނަލް އެކައުންޓިންގ ކޮލިފިކޭޝަންއެއް ނަމަ، ޙާޞިލްކޮށްފައިވާ ސެޓްފިކެޓް ނުވަތަ މެންބަރޝިޕްގެ ލިޔެކިޔުން
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
12 ޖުމާދުލްއޫލާ 1444
06 ޑިސެންބަރު 2022
|