ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HR-IUL-2022-073
މަޤާމް: އެސިސްޓަންޓް މެނޭޖަރ
ބޭނުންވާ އަދަދު: 01
ޑިޕާޓްމަންޓް/ސެކްޝަން: ހިއުމަން ރިސޯސަސް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް،މާލެ
މަޤާމުގެ ޝަރުތު:
- ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް ދާއިރާ ގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ ޓްރޭނިންގ ނީޑް އެނެލިސިސް ހެދުމާއި ޓްރޭނިންގ ރިކުއަރމަންޓް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
 - ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ ތަމްރީނުތަކުގައި ބައިވެރިވާ މުވައްޒަފުންގެ ތަމްރީނުތަކާތަކާގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
 - މުވައްޒަފުންނާ ބެހޭ ޕޮލިސީތައް ދިރާސާކޮށް ގެންނަށްޖެހޭ ބަދަލުތައް ދެނެގަނެ މެނޭޖްމަންޓާ ޙިއްސާކުރުން.
 - މުވައްޒަފުންނާ ގުޅޭ ޤަވާއިދުތައް ތަންފީޒު ކުރުމުގައި އެ ޤަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
 - މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމާއި ބެހޭ އެންމެހާ މަސައްކަތްތައް ކުުރުން.
 - މަސައްކަތްތަކާ ގުޅިގެން އެކުލަވާލަންޖެހޭ އެންމެހާ އެސްއޯޕީތަކާއި ރިޕޯޓްތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރުން.
 
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ހިއުމަން ރިސޯސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުމާއެކު، ޓްރޭނިންގ މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
 - ހަރުދަނާ ލީޑަރޝިޕް ހުނަރު ހުރި ފަރާތެއް ކަމުގައިވުން.
 - އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
 
މުސާރައާއި އިނާޔަތް :
- -/16،566 ރުފިޔާ އާއި، -/18،694 ރުފިޔާ އާ ދެމެދުގެ އަދަދެއް (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެ)
 
ކުރިމަތިލުމުގެ ސުންގަޑި: 13 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
 - ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
 - ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
 - ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ:
- ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ.
 - ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
 
 - ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ ހޭދަވީ މުއަދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
 
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3011419 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.