ދިވެހިރާއްޖެ
މިކުންފުނީގެ ނަންބަރ ASND-HR-IUL-2022-054 ގެ އިޢުލާނަށް އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
އިޢުލާން ނަންބަރު: ASND-HR-IUL-2022-071
މަޤާމް: ޑްރައިވަރ
ބޭނުންވާ އަދަދު: 01
ސެކްޝަން: އެޑްމިން އެންޑް ޕްރޮކިއުމަންޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ B1 ކެޓަގަރީގެ ލައިސަންސް ލިބިފައިވުން
 - ރަސްމީ ގަޑީގެ އިތުރުން އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ޞިއްޙަތެއްގައިހުރެ އުމުރުން 55 އަހަރު ވެފައިނުވާ މީހެއްކަމުގައިވުން.
 - ލިޔަންކިޔަން އެނގުމާއިއެކު، މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.
 - ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
 - މަސައްކަތުގެ މާހައުލުގައި މުޢާމަލާތު ކުރަންޖެހޭ ފަރާތްތަކާ ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ މީހަކު ކަމުގައިވުން
 
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އެއްގަމުގައި ދުއްވާ ވެހިކަލް (ކާރު) ދުއްވުމާއި އެ ވެހިކަލް ދޮވެ ސާފުކޮށް ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކުރުން.
 - ކުންފުނިން ރަސްމީކޮށް ކުރަންޖެހޭ ދަތުރުތައް ކުރުން.
 - ވެހިކަލްއަށް ކުރަންޖެހޭ މަރާމާތުތައް ބަލާ ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެވެހިކަލްއަކަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 - ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
 - އޮފީހުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ތަކެތި އެފަރާތްތަކަށް ރައްދުކުރުން.
 - އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 - މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.
 
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/4،200 ރުފިޔާ
 - ލިވިންގ އެލަވަންސް: -/3،000 ރުފިޔާ
 - އެޓެންޑަންސް އެލަވަންސް: -/1،470 ރުފިޔާ
 - ރިސްކް އެންޑް ހާޑްޝިޕް އެލަވަންސް: -/420 ރުފިޔާ
 
ކުރިމަތިލުމުގެ ސުންގަޑި: 11 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
 - ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
 - ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
 - މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީއިން ގަބޫލުކުރާ B1 ކެޓަގަރީ ލައިސަންސް ކާޑުގެ ކޮޕީ.
 - ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ ހޭދަވީ މުއަދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
 
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.