ދިވެހިރާއްޖެ
1. ފުވައްމުލައް ސިޓީގައި އޮފީސް އަދި ކޮމާޝަލް ޖާގަ ހިމެނޭގޮތަށް ކައުންސިލާއި ގުޅިގެން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވެލައްވާ މާލީ ޤާބިލުކަން ލިބިފައިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް މިކަމަށް އެދި ޝައުޤުވެރިކަން ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
2. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުމުގައި ތިރީގައިވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.
ހ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު
ށ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅުއްވާ ފަރާތުގެ ޕްރޮފައިލް، ތަޖުރިބާ އަދި މާލީ ޤާބިލުކަން އަންގައިދޭ ލިޔުންތައް
3. މިކަމަށް އެދި ޝައުޤުވެރިކަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި " އޮފީސް/ކޮމާޝަލް އިމާރާތެއް އަޅާ ހިންގުމަށް " މިގޮތަށް ޖައްސަވާފައެވެ. އީމެއިލް ކުރައްވާނަމަ ޑޮކިއުމެންޓްތައް ފޮނުއްވަން ވާނީ ޕީޑީއެފް ފޯމެޓްގައެވެ. އީ.އޯ.އައި ހުށަހަޅުއްވާނީ މަތީގައިވާ މަޢުލޫމާތު ހިމަނުއްވާ 2022 ޑިސެމްބަރ 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.
ފުވައްމުލައް ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ
އީމެއިލް އިން ފޮނުއްވާނަމަ : [email protected]
4. މިކަމާއި ގުޅިގެން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 11 ޑިސެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 09:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އަތޮޅުގެ މީޓިންގ ރޫމްގައެވެ. އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
5. ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އީ.އޯ.އައި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ހެދޭ އިވެލުއޭޝަނަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަކަށެވެ.
6. ހުށަހެޅޭ އީ.އޯ.އައި ނުވަތަ އީ.އޯ.އައިތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ފުވައްމުލައް ސިޓީ ކައުންސިލަށް ލިބިގެންވެއެވެ. އީ.އޯ.އައި ހުށަހެޅުމަށް ދެވިފައިވާ ސުންގަޑީގެފަހުން ހުށަހަޅާ އީ.އޯ.އައި ބަލައެއް ނުގަނެވޭނެއެވެ. ޕޯސްޓު ނުވަތަ އެހެން ވަސީލަތެއް މެދުވެރިކޮށް ހުށަހަޅުއްވާ އީ.އޯ.އައި ލިބުމުގައި ދިމާވާ ލަސްވުމަކަށް ފުވައްމުލައް ސިޓީ ކައުންސިލް ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 6862830، 6862829
އީމެއިލް: [email protected]