ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2014/151
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 30 ނޮވެންބަރު 2014 14:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުއްދަތު

03 މަސްދުވަސް

އަދަދު / ސެކްޝަން

01 (ސްކޮލަޝިޕް ސެކްޝަން)

މުސާރަ

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/270 ރުފިޔާ (ދުވާލަކު 7 ގަޑިއިރު) އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމާ ތަޖްރިބާ

- އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތް

  1. ބައިލެޓްރަލް އެހީގެ ދަށުން ލިބޭ ދިގުމުއްދަތުގެ ފުލް އަދި ޕާޝަލް ސްކޮލަރޝިޕްގެ މަސައްކަތްކުރުން.
  2. ސްކޮލަރޝިޕް ފުރުޞަތުތައް އިޢުލާނު ކުރުން
  3. ޑާޓާ އެންޓުރީ ކުރުން
  4. ސިލެކްޝަން ހެދުމުގެ މަސައްކަތް، އެލަވަންސް ރިކްއެސްޓް ކުރުން
  5. ދަރިވަރުންގެ ފައިލްތައް ބެލެހެއްޓުން، ފޯންކޯލްތަކަށް ޖަވާބުދީ އަދި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް އެޓެންޑްކުރުން
  6. އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  7. ސްކޮލަރޝިޕްސްތަކުގެ ސްޓެޓިސްޓިކްސް ބެލެހެއްޓުން
  8. މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ފޮނުވާ ޕޭޕަރތައް ތައްޔާރުކުރުން
  9. ޑީ.އެޗް.އީ އިން ބާއްވާ ފެއަރތައް ހިންގުމުގެ މަސައްކަތުގައި އެހީތެރިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ޓެސްޓެއް ދިނުން

- މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމާއި، މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަންކުރުމަށްޓަކައި، އިންޓަރވިއުކުރުން

ހުށަހަޅަންޖެހޭ ތަކެތި

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ރ-  މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުންގެންދަވާ އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިލިޔުންތަކުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވި އަދި ވަކިވި ދުވަސް/މަސް/އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ސުންގަޑި

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 30 ނޮވެންބަރު 2014 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

އިންޓަރވިއު

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކާއި ކުރެވޭ އިންޓަރވިއު އޮންނާނީ 01-10 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3341307 ، 3341303 އެވެ.

 

23 މުޙައްރަމް 1436

17 ނޮވެންބަރު 2014