ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2014/161
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 04 ޑިސެންބަރު 2014 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 3 ( މެނެޖީރިއަލް ސަރވިސް 3 )

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

އިނާޔަތްތައް

މުސާރަ:  -/7,035 ރ

-/2,000 ރ

މުސާރައިގެ %35

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒީފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

ބ. އޭދަފުށި / މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް / މާލެ

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1.  މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒާވް އޮފީހާ ސަރުކާރުން ހަވާލުކުރައްވާފައިވާ އެންމެހާ މަސައްކަތްތައް ސަރުކާރުގެ ސިޔާސަތާ ގަވާއިދުތަކާ އެއްގޮތަށް ރާވައި ހިނގާނުހިނގާގޮތް ބެލެހެއްޓުން.
  2. އޮފީހުގެ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ރައްކާތެރި މާޙައުލެއް ޤާއިމުކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ރާވައި ބެލެހެއްޓުން.
  3. އޮފީހުގެ ބަޖެޓާބެހޭ ސިޔާސަތު ކަނޑައެޅުމާއި، ކުރިއަށް އޮންނަ އަހަރަށް މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒާވް އޮފީހުގެ ބަޖެޓް ކަނޑައެޅުމާއި، ބަޖެޓް ހުށަހެޅުމާއި، އަދ ހިނގާ އަހަރުގެ ބަޖެޓް ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، ހިނގާ ނުހިނގާގޮތް ބެލުން.
  4. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޙިމާޔަތްކޮށް ބެލެހެއްޓުމާބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުމާއި، އެމަސައްކަތުގައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ބައިވެރިވުން ހޯދުމަށް ކުރަންޖެހޭ ކަންތައްތައްކުރުން.
  5. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
  6. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޙިމާޔަތްކޮށް ބެލެހެއްޓުމަށް މަގުފަހިކުރުމަށްޓަކައި، އެކިއެކި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅުގެ ރިސޯޓްތަކާއި، ބަޔޮސްފިއަރ ރިޒާރވަށް ޒިޔާރަތްކުރާ ފަރާތްތަކާއެކު ޤާއިމުކުރަންޖެހޭ ގުޅުންތައް ޤާއިމުކޮށް ދެމެހެއްޓުން. 
  7. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވްގެ އެޑްވައިޒަރީ ބޯޑުގެ އެންމެހާ މަސައްކަތްތަކާއި އަދި ބޯޑުގެ ލަފާގެ ދަށުން ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުން.
  8. މާޅޮސްމަޑުލު ދެކުނުބުރީ ކޮންޒަވޭޝަން ފަންޑާ ގުޅިގެން ބަޔޮސްފިއަރ ރިޒާރވް ޙިމާޔަތްކޮށް ބެލެހެއްޓުމަށް ހިންގާ މަޝްރޫއުތައް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  9. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވްގައިވާ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާއި، އަދި އެ ޕްލޭންތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، މިސަރަޙައްދު ބެލެހެއްޓުމުގެ ގަވާއިދު ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށް، އެގަވާއިދުތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަންފީޒުކުރުމުގެ މަސައްކަތް ކުރުން.
  10. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވްއާބެހޭ މަޢުލޫމާތު އެއްކުރުމާއި، ކަމާބެހޭ ފަރާތްތަކާއެކު އެމަޢުލޫމާތު ހިއްސާކުރުމާއި، މި ރިޒާރވްގައި ކުރެވެންހުރި ދިރާސާތައް ބަލައި، އެފަދަ ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުން.
  11. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވްއަށް ޒިޔާރަތްކުރާ އެކިއެކި ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް މި މަޢުލޫމާތުތަކުގެ ތަފާސްހިސާބު ބެލެހެއްޓުމާއި، އަދި އެމަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  12. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އެންމެހާ ކަންތައްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330, 3018329، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ބ.އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްއާބެހޭ މައުލޫމާތު އެނގޭ މިންވަރު
  2. ބ.އަތޮޅު ޒޯނޭޝަން ޕްލޭން އަދި ބ.އަތޮޅު ހަނިފަރު ސަރަޙައްދު ބޭނުންކުރުމުގެ ގަވާއިދު އެނގޭ މިންވަރު.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހަށް.
  •  އިންޓަރވިއު އަދި އިމްތިޙާން ކުރުން 07 ޑިސެންބަރު 2014 އާއި 30 ޑިސެންބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

25 މުޙައްރަމް 1436

18 ނޮވެންބަރު 2014