ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2022/341
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 04 ޑިސެންބަރު 2022 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުމަށް

ފުވައްމުލައް ސިޓީގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ހޯދަޑު ސައުތުގޯޅިއާއި، ސިލްޑަމް އާއި ދެމެދުން ފާހަގަކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގައި މިކައުންސިލުން ވަނީ 01 ން 64 އަށް ނަންބަރު ޖަހާފައެވެ.

ވީމާ، މިދެންނެވި ރުއްގަހުގެ ވެރިފަރާތްތަކުން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަސްކަން ނުވަތަ ކަމާއި ބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްގަސްކަން އެގޭނެ ލިޔުމާއިއެކު 2022 ޑިސެންބަރު 04 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލްގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުން އެދެމެވެ.

27 ނޮވެންބަރު 2022