| މަޤާމު | މަސައްކަތު | 
| ބޭނުންވާ އަދަދު | 02 (ދޭއް) | ހަމަޖައްސާ ސެކްޝަން: އޮފީސް އެޑްމިނިސްޓްރޭޝަން | 
| ރޭންކް | އެސް.އެސް 1 | ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 | 
| މުސާރަ | -/3,100 ރ. | ސާރވިސް އެލަވަންސް: -/1,000 ރ. | 
| މަޤާމުގެ ޝަރުޠު | 
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު | 
ނަމާދުވަގުތު ތަކުގައާއި އެނޫން ވަގުތުތަކުގައި މަރުކަޒުގެ ނަމާދުކުރާ ބައިތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން.އިސްލާމީ މަރުކަޒުގެ މިހުރާބުގެ ފޮޅައި ސާފުކޮށް ބެލެހެއްޓުން.އިސްލާމީ މަރުކަޒާއި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްޢައުޒަމް ހިމެނޭ ޢިމާރާތާއި ޢިމާރާތް ހިމެނޭ ގޯތި ކުނިކަހައި ފޮޅައި ސާފުކުރުމާއި މަރާމާތުތައް ކުރުން.އުސް ތަންތަނަށް އަރައި ފޮޅައި ސާފުކުރުމުގެ މަސައްކަތްކުރުން. މީގެ ތެރޭގައި އިސްލާމީ މަރުކަޒުގެ މުންނާރާއި އަދި ގުއްބު ހިމެނެއެވެ.ފާޚާނާތަކާއި ވުޟޫކުރާ އިސްކުރުބަރިތައް ދޮވެ ސާފުކުރުން އަދި ކުނިއުކާލުމުގެ މަސައްކަތް ކުރުން.ގޯތިތެރޭގައި ގަސް އިންދުމާއި ގަސްތަކަށް ފެންދީ ހެދުން.ޖަލްސާތަކަށް ހޯލް ތައްޔާރު ކުރުމަށް ގޮޑި އަދި މޭޒް އުފުލައި ބޭނުންވާ ގޮތަށް ތަރުތީބުކުރުމުގެ މަސައްކަތް ކުރުން.އިސްލާމީ މަރުކަޒުގެ ޢިމާރާތުގެ ދޮރާއި ދޮރުފަތް ތަކުގައި ދަވާދުލުމާއި ވަރުނީސްލުމުގެ މަސައްކަތް ކުރުން.ފެންތާނގީތައް ދޮވެ ސާފުކުރުން  އަދި މީގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި މަސައްކަތްތައް ކުރުން. | 
| ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް | 
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. | 
| މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި: މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/އިސްލާމީ މަރުކަޒުގައެވެ. މަސައްކަތު ގަޑިތަކަކީ 08:00 ން 15:00 އަށް، އަދި 13:30 ން 20:30 އަށެވެ. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ. | 
| ސުންގަޑި 
30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/އިސްލާމީ މަރުކަޒުގައެވެ.މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv 
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020212 އަށް އަދި ފެކްސް ނަންބަރަކީ 3315161އީމެއިލް ކުރައްވާނީ [email protected]  އަށެވެ. |