ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: H/IUL/2022/233
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 27 ނޮވެންބަރު 2022 10:15
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުންނީގެ ހުޅުމާލެ ކަސްޓަމަރ ސަރވިސް ސެންޓަރަށް ބޭނުންވާ ބިއްލޫރި ފްރޭމް އާއި ދޮރުތަކަށް ބޭނުންވާ ފްރޭމް އަދި އެއާ ގުޅޭ ތަކެތި ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

                                          ނަންބަރ: H/IUL/2022/233

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންނީގެ ހުޅުމާލެ ކަސްޓަމަރ ސަރވިސް ސެންޓަރަށް ބޭނުންވާ ބިއްލޫރި ފްރޭމް އާއި ދޮރުތަކަށް ބޭނުންވާ ފްރޭމް އަދި އެއާ ގުޅޭ ތަކެތި ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން2022 ނޮވެމްބަރ 24 ވާ (ބުރާސްފަތި) ދުވަހުގެ 10:15 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.   

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ އަދި ގިނަވެގެން 03 ދުވަހުގެ ތެރޭގައި މި ތަކެތި ސަޕްލައިކޮށްދެވޭނެ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. 

މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 95 ޕޮއިންޓް                 

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×95

ތަޖުރިބާ: 05 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.       

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު:H/IUL/2022/233

ބިޑް ހުޅުވުން:

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2022 ނޮވެމްބަރ 27 ވާ (އާދީއްތަ) ދުވަހުގެ 10:15 އަށް މި ކުންފުނީގެ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

28 ރަބީޢުލްއާޚިރު 1444

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ3338472 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
22 ނޮވެންބަރު 2022