ދިވެހިރާއްޖެ
އިޢުލާން
މި ޑިޕާޓްމަންޓުގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
| 
 މަޤާމް  | 
 ޑިރެކްޓަރ  | 
|||
| 
 ބޭނުންވާ އަދަދު: 1  | 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޑިރެކްޓަރ  | 
 ރޭންކް:  | 
 އީ.އެކްސް 1  | 
| 
 މުސާރަ:  | 
 -/8835 ރުފިޔާ  | 
|||
| 
 ސަރވިސް އެލަވަންސް:  | 
 -/2000 ރުފިޔާ  | 
|||
| 
 އަސާސީ ޝަރުޠު:  | 
  | 
|||
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
 މި ޑިޕާޓްމަންޓުން ރާވައި ހިންގާ ޤައުމީ އިމްތިޙާނުތަކާއި ބައިނަލްއަޤްވާމީ އިމްތިޙާނުތަކާ ގުޅޭ އެންމެހައި މަސައްކަތް އިންތިޒާމްކުރުމާއި އިމްތިޙާން ބޭއްވުން.  | 
|||
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
  | 
|||
| 
 
 ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:  | 
 ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ނ. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. ރ. މި މަޤާމުތަކަށް މީހުން ހޮވުމުގައި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދޭވޭނެއެވެ.  | 
|||
| އިންޓަވިއުކުރުން: | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.  | 
|||
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dpe.edu.mv ން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.) ށ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) ނ- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް މި ވަޒީފާއަށް ހޮވައިފިނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. ރ- ވަޒީފާއެއް އަދާކުރާ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް. ބ- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ. ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާ އީމެއިލް އެޑްރެހާއެކު) ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.   | 
|||
| 
 ތަކެތި ހުށަހަޅަންޖެހޭ އޮފީސް:  | 
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް. | |||
| 
 ސުންގަޑި:  | 
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ 14.30 ގެ ކުރިއެވެ. | |||
| އިތުރު މަޢުލޫމާތު: | 
 - މި ޢިއުލާނާ ގުޅިގެން މި މަޤާމުތަކަށް ކުރިމަތިލާމީހުންގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓްކޮށް އެންމެ މަތިން މާކްސް ލިބޭ 5 މީހުންނާ އިންޓަރވިއުކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ، އަދި އެންމެ ޤާބިލްބިލުކަމަށް ފެންނަ މީހަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. * މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ޑިޕާޓްމަންޓުގެ ނަންބަރު 3009339 ފޯނާއެވެ.  | 
|||
20 މުޙައްރަމް 1436