ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)434-A/1/2014/62
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:22
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީން ޤަބޫލުކުރާ ދިވެހިރާއްޖެއިން ބޭރު ޤައުމުތަކުގެ ސެންޓަރުތަކާ ގުޅޭ

ޤާނޫނު ނަންބަރު 2011 /17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 99 ވަނަ މާއްދާގެ (ހ) ގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރީހެބިލިޓޭޝަން އަމުރެއް ކޮށްފައިވާ މީހަކު، ރާއްޖެއިން ބޭރު ޤައުމެއްގެ ފަރުވާދޭ މަރުކަޒެއްގައި ހިންގަމުންގެންދާ ޕުރޮގުރާމެއްގައި ބައިވެރިވެ، ފަރުވާ ލިބިގަތުމަށް ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައިވާތީއާއި، ރާއްޖެއިން ބޭރު ޤައުމުތަކުގައި ހިންގާ ފަރުވާދޭ މަރުކަޒުތަކުގެ ތެރެއިން، ނޭޝަނަލް ޑްރަގް އެޖެންސީން ޤަބޫލުކުރާ ފަރުވާދޭ މަރުކަޒުތަކުގެ ލިސްޓެއް މި އެޖެންސީން ޢާންމުކޮށް ޝާއިޢުކުރަންވާނެކަމުގައި އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާތީ ދަންނަވަމެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރާއްޖެއިން ބޭރު ޤައުމުތަކުގައި ހިންގާ ފަރުވާދޭ މަރުކަޒުތަކުގެ ތެރެއިން، މި އެޖެންސީން މިހާރު ޤަބޫލުކުރާ 3 ސެންޓަރު ތިރީގައި އެވަނީއެވެ.

  1. އޭ.އޭ.އާރު.އައި.ޓީ ރިކަވަރީ ސެންޓަރު، ޗެންނާއީ، އިންޑިޔާ
  2. ޓީޓީ ރަންގަނާދަން ކްލިނިކަލް ރިސަރޗް ފައުންޑޭޝަން (ޓީޓީކޭ ހޮސްޕިޓަލް)، ޗެންނާއީ، އިންޑިޔާ
  3. ބްލޮސޮމްސް ރިހެބިލިޓޭޝަން ސެންޓަރު، ބެންގަލޫރު، އިންޑިޔާ

ވީމާ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭޝަން އަމުރެއް ކޮށްފައިވާ މީހަކު، މަތީގައިވާ 3 ސެންޓަރުންކުރެ ސެންޓަރެއްގައި ހިންގާ ޕުރޮގުރާމެއްގައި ބައިވެރިވެ، ފަރުވާ ލިބިގަތުމަށް ބޭނުންވާނަމަ، މި އެޖެންސީއަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި އެޖެންސީގެ ނަންބަރު 3312018 ފޯނަށް ގުޅުއްވުން އެދެމެވެ.

24 މުޙައްރަމް 1436

17 ނޮވެންބަރު 2014