ދިވެހިރާއްޖެ
ޕޫލްގެ ދަށުން މިސްކިތުގައި މަސައްކަތްކުރާ މުޥައްޡަފުން ބޭނުންވެއްޖެ
މަސްޖިދުއްނަޞްރު މިސްކިތުގެ ދާއިމީ މަސައްކަތު މީހުން ސަލާމް ، ޗުއްޓީ ނެގުމުން މިސްކިތް ފޮޅައި ސާފުކޮށް ބެލެހެއްޓުމަށް ޕޫލްގެ ދަށުން (ވަގުތީ) މީހުން ނަގަން ބޭނުންވެއްޖެއެވެ.
| 
 މަޤާމް  | 
 ވަގުތީ މަސައްކަތް (ޕޫލް)  | 
| 
 ބޭނުންވާ ޢަދަދު  | 
 02  | 
| 
 މުސާރަ  | 
 ގަޑިއިރަކަށް 45ރ (ދުވާލަކު 5 ގަޑިއިރު)  | 
| 
 މަސައްކަތް ހަމަޖެހިފައިވާ ތަން  | 
 ކ. ގުޅީ މަސްޖިދުއްނަޞްރު (މިސްކިތް)  | 
މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން ދަތުމާއެކު ، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުން ނުވަތަ
 - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު އެސްއެސް1 ރޭންކުގެ ނުވަތަ އެއަވުރެ މަތީ ރޭންކަކާއި ، އެއް ފެންވަރެއްގެ މަޤާމެއްގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 03 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ، ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން
 
ވަޒީފައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
ކައުންސިލުން އަންގާ ގޮތެއްގެ މަތިން މިސްކިތާއި، މިސްކިތް ހިމެނޭ ސަރަޙައްދު ފޮޅާ ސާފްކުރުން
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް
 - ލިބިފައިވާ ތަޢުލީމި ސެޓްފިކެޓްތަކުގެ ކޮޕީ
 - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް ، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
 - މުއްދަތު ހަމަނުވާ އިއިޑީކާޑްގެ ކޮޕީ
 - ވަޒީފާއަށް އެދޭފަރާތުގެ ކަރިކިއުލަމް ވިޓާއީ (ސީވީ)
 
މާރކްސް ދިނުމުގައި ބެލެވޭ ކަންތައްތައް:
| 
 1  | 
 ތަޖުރިބާ 75 މާރކްސް  | 
| 
 2  | 
 ލިބިފައިވާ ތަޢުލީމް 25 މާރކްސް  | 
- ތަޖުރިބާއިން ލިބޭ ޕޮއިންޓް ދެވޭނީ މަސައްކަތާއި ، ގުޅުންހުރި ދާއިރާއަކުން މަސައްކަތް ކޮށްފައިވާ މުއްތަން ބަލއި ، އެޓެސްޓް ކުރި ލިޔުމަށް އެކަންޏެވެ.
 - ތަޢުލީމީ ބައިގެ މާރްކްދް ދެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ. އަދި ކިޔަވާފައިވާ ގުރޭޑްއަށް ބަލައި ތަޢުލީމީ ބަޔަށް މާރްކްސް ދެވޭނެއެވެ.
 
| 
 މަޤާމަށް އެދެންވީ ސުންގަޑި  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ނޮވެމްބަރ 2022 ގެ 14:00 ގެ ކުރިން ، މިކައުންސިލް އިދާރާއަށެވެ. އީމެއިލް ކުރައްވާނަމަ މި ކައުންސިލްގެ އީމެއިލް [email protected] އަށެވެ.  | 
މި އިޢްލާނާއި ، ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640068 އަށެވެ. އީމެއިލް ކުރާނީ[email protected] އަށެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.