މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2022/546
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 21 ނޮވެންބަރު 2022 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނެޝަނަލް ސްޓޭންޑާޑް ފޯ ފެމެލީ ޕްލޭނިންގ ގައިޑްލައިން އަށް ޞިއްޙީ ޙިދުމަތްތެރިން އަހުލުވެރިވެފައިވާ މިންވަރު އިތުރުކުރުމަށް ބޭއްވޭ ވޯރކްޝޮޕްގެ ހޯލްހައިރިންގ އަދި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް

އިޢުލާން

   ނެޝަނަލް ސްޓޭންޑާޑް ފޯ ފެމެލީ ޕްލޭނިންގ ގައިޑްލައިން އަށް ޞިއްޙީ ޙިދުމަތްތެރިން އަހުލުވެރިވެފައިވާ މިންވަރު އިތުރުކުރުމަށް ބޭއްވޭ ވޯރކްޝޮޕްގެ ހޯލްހައިރިންގ އަދި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް  ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13 ނޮވެމްބަރ 2022 ވާ އާދިއްތަ  ދުވަހުން ފެށިގެން 21 ނޮވެމްބަރ  2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ނޮވެމްބަރ  2022 ވާ ބުރާސްފަތި  ދުވަހުގެ މެންދުރުފަހު 13:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 ނޮވެމްބަރ  2022 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

19 ރަބީޢުލް ޢާހިރު  1444

13 ނޮވެންބަރު 2022