|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
ސީނިއަރ އޮފިސަރ
|
|
ވަޒީފާގެ ދާއިރާ:
|
ކަސްޓަމަރ ސާރވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް:
|
-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ގިނަދުވަސްވެފައިވާ ބިލްތަކުގެ ފައިސާ ހޯދުމުގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރުމާއި އެކަމާބެހޭގޮތުން ކުރަންޖެހޭ އެހެނިހެން ކަންތައްތައްކުރުން.
- ފައިސާ ހޯދުމަށް ފޮނުވަންޖެހޭ ސިޓީތައް ޤަވާއިދުން ފޮނުވުމާއި އަދި މިފަދަ ފަރާތްތަކާއި ކުންފުންޏާއި ދެމެދު ހަދަންޖެހޭ އެއްބަސްވުންތައް ހެދުން.
- ޗެކް ބައުންސްވެގެންނާއި ބިލަށް އިތުރު މުއްދަތުދެވިފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ނުދައްކާ ފަރާތްތަކުގެ ރިކޯޑްތައް ބަލާ ޗެކްކުރުން އަދި ކަރަންޓް ކަނޑާލަންޖެހޭ ތަންތަނުގެ ކަރަންޓް ކަނޑާލުމުގެ މަސައްކަތްތައް ކުރުވުން އަދި ބެލެހެއްޓުން.
- ފައިސާ ނުދައްކައިގެންނާއި، އެހެންވެސް ސަބަބަކާއިގުޅިގެން ކަރަންޓްކަޑާލަންޖެހޭ ތަންތަނުގެ ކަރަންޓު ކަނޑާލުމުގެ ކަންތައް ކުރިއަށްދޭތޯ ބެލުމާއި އެކަން ނިމުމުން އަލުން ކަރަންޓު ދިނުމުގެ ކަންކަން ޤަވާއިދުން ކުރިއަށްދޭތޯ ސްޕަވައިޒްކުރުން.
- ޑިޕާޓްމަންޓުންދޭ ޚިދުމަތްތަކާއި ގުޅޭގޮތުން އެކިފަރާތްތަކުން ހުށަހަޅާ ކަންތައްތައް ބެލުމާއި، އެކަމާ ބެހޭގޮތުން އޮފީހަށް އަންނަ ކަސްޓަމަރުންނާ ބައްދަލުކުރުން.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
14 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 14 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
15 ރަބީޢުލްއާޚިރު 1444
09 ނޮވެންބަރު 2022
|