މަސައްކަތް
ނަންބަރު: (IUL)142-A1/142/2022/216
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 13 ނޮވެންބަރު 2022 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
03 މިސްކިތެއްގައި އަމިއްލަ ތަކެތީގައި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިނިސްޓްރީގެ ފަރާތުން އަލަށް ޢިމާރާތްކޮށް ނިމިފައިވާ (ރ. ވާދޫ، އދ. ދަނގެތީ، ލ. ކަލައިދޫ ) 03 މިސްކިތެއްގައި އަމިއްލަ ތަކެތީގައި އޭސީ ހަރުކޮށްދޭނެ  ފަރާތެއް  ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)142-A1/142/2022/205 (23 އޮކްޓޯބަރ 2022) އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ ހަމައެކަނި ފަރާތަކީ ދައުލަތުގެ ޕްރޮކިއުމަންޓްތަކުގައި ބައިވެރިވެވޭނެ ފަރާތެއް ކަމަށްނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން 2022 ނޮވެމްބަރ 14  ވާ ހޯމަ ދުވަހުގެ 10:00ގައި އޮންނާނެއެވެ. 

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް، ޕްރީބިޑް މީޓިންއަށް ފަހު މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2022 ނޮވެމްބަރ 13 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 ނޮވެމްބަރ 21 ވާ ހޯމަ ދުވަހުގެ 10:30 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2022 ނޮވެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020284  3020239, ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

09 ނޮވެންބަރު 2022