ބީލަން
ނަންބަރު: ފުވައްމުލަކުގެ ބައެއް މިސްކިތްތައް މަރާމާތުކުރުމާއި ގުޅޭ
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:39
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކުގެ ބައެއް މިސްކިތްތައް މަރާމާތުކުރުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކުގެ ބައެއް މިސްކިތްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)468-APS/468/2022/300 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތަކުގެ ލިޔެކިއުންތައް ފުރިހަމަ ނުވާތީ އެ އިޢުލާން ބާޠިލްކުރުމަށްފަހު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަރާމާތުކުރުމަށް ބޭނުންވާ މިސްކިތްތައް:

ހުކުރު މިސްކިތް 

އުއްމުލްޤުރާ

މަސްޖިދުލް ފުރްޤާން

މަސްޖިދުލް ޢިޔާސުއްދީން

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 20 ނޮވެންބަރު 2022 ގެ 10:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  20 ނޮވެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ އަތޮޅުގެ މީޓިންގ ރޫމްގައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 ނޮވެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 20 ނޮވެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 23 ނޮވެންބަރު 2022 ވާ ބުދަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862828، 6862829

  އީމެއިލް: [email protected]

09 ނޮވެންބަރު 2022