މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2022/547
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 20 ނޮވެންބަރު 2022 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީގެ ދަށުގައިވާ މުޢައްސަސާތަކަށް އެއަރފްރައިޓްކޮށް ރާއްޖެއިން ބޭރުން އަދި އަތޮޅުތެރެއިން ގެންނަ އެންމެހާތަކެތި 2 އަހަރުދުވަހުގެ މުއްދަތަށް ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

   މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީގެ ދަށުގައިވާ މުޢައްސަސާތަކަށް އެއަރފްރައިޓްކޮށް ރާއްޖެއިން ބޭރުން އަދި އަތޮޅުތެރެއިން ގެންނަ އެންމެހާތަކެތި 2 އަހަރުދުވަހުގެ މުއްދަތަށް ކްލިއަރ ކޮށްދޭނެ ފަރާތެއް  ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 09 ނޮވެމްބަރ 2022 ވާ ބުދަ  ދުވަހުން ފެށިގެން 20 ނޮވެމްބަރ  2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ނޮވެމްބަރ  2022 ވާ ބުދަ  ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 ނޮވެމްބަރ  2022 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

15 ރަބީޢުލް ޢާހިރު  1444

09 ނޮވެންބަރު 2022