ދިވެހިރާއްޖެ
އިޢުލާން ނަންބަރު: H/IUL/2022/222
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނީގެ ގާކޮށި ސަރަހައްދުގައި ހުރި އިންޖީނުގެއެއް މަރާމާތުކޮށް 03 ބުރީގެ އޮފީސް ކޮމްޕްލެކްސްއަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
|
|
ދުވަސް |
ވަގުތު |
|
ފައިސާ ބަލައިގަތުމަށް |
08 ނޮވެމްބަރު 2022 އިން 21 ނޮވެމްބަރު 2022 |
09:00 އިން 15:00 އަށް |
|
ޑޮކިޔުމަންޓް ދޫކުރުމަށް |
13 ނޮވެމްބަރު 2022 އިން 21 ނޮވެމްބަރު 2022 |
09:00 އިން 15:00 އަށް |
|
މަޢުލޫމާތު ދިނުން |
22 ނޮވެމްބަރު 2022 (އަންގާރަ) |
11:00 ގައި |
|
އަގު ހުށަހެޅުން |
29 ނޮވެމްބަރު 2022 (އަންގާރަ) |
08.30 ގައި |
12 ރަބީއުލްއާޙިރް 1444
ނޯޓް:
- ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338124 / 3338160 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.