ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
| މަޤާމް: | އޮފިސަރ - ޕްރޮކިއުމަންޓް | 
| ޑިޕާޓްމަންޓް: | ޕްރޮކިއުމަންޓް | 
| ބޭނުންވާ ޢަދަދު: | 01 | 
| ޝަރުތުތައް: | - ޖީސީއީ އޯލެވެލް 04 މާއްދާއިން ފާސް ވެފައި ވުން - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ހުރުން - މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން | 
| މަސްޢޫލިއްޔަތު: | - ކުންފުނީގެ އޮޕަރޭޝަނަށް ބޭނުންވާ މުދާތައް ގަތުމުގައި އެހީތެރިވުން. - ކުންފުނީގެ އެކިއެކި ބީލަންތަކަށް ބޭނުންވާ ލިޔެކިޔުމާއި ރިޕޯޓު ތައް ތައްޔާރު ކުރުން. - ސަޕްލަޔަރ ޑޭޓާބޭސް ތައްޔާރުކޮށް ބެލެހެއްޓުން. - ޕާޗޭސް އޯޑާރ އަދި ކޮންޓްރެކް ތައްޔާރުކުރުން. | 
| މުސާރަ: | 12،000ރ އާއި 13،000ރ ދެމެދު | 
| ވަޒީފާގެ ބާވަތް: | ދާއިމީ | 
| މަސައްކަތަށް ނިކުންނަން ޖެހޭ ތަން: | ހެޑް އޮފީސް - ޕްރޮކިއުމަންޓް ޑިޕާޓްމަންޓް | 
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2022 ނޮވެމްބަރ 07 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.