|
މަޤާމް
|
ވެބް އެޑިޓަރ
|
އަސާސީ މުސާރަ
|
-/8,150 ރުފިޔާ
|
|
އެލަވަންސްތައް:
|
-/3,000 ރުފިޔާ
|
މަޤާމުގެ ރޭންކް
|
ޓީޕީ 3
|
ބޭނުންވާ ޢަދަދު:
|
01
|
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ނިވްސް އެންޑް ކަރަންޓް އެފެއާރޒް
|
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.
|
|
މަޤާމުގެ ޝަރުތު:
|
- ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާގެ 2 (ދޭއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖްރިބާ ހުރުން ނުވަތަ ދާއިރާގެ 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޕީ އެސް އެމްގެ ގާނޫނަށާއި ސިޔާސަތުތަކަށާއި ކުންފުނީގެ މުވައްޒަފުންނަށް އަންގާ އެންގުންތަކަށް ފުރިހަމައަށް ތަބާވެ ބޯލެމުން.
- ޚަބަރާއި މައުލޫމާތު ޕީ އެސް އެމް ގެ ވެބް މީޑިއަމަށް ގެނެސްދިނުން.
- ވެބްސައިޓްގައި އިސްކަންދޭންޖެހޭ ޚަބަރުތައް ދެނެގަނެ ، އެޑިޓަރުންނާއި ޖަރނަލިސްޓުންނަށް މިޚަބަރުތައް ކަވަރ ކުރުމަށް ހަވާލުކުރުން.
- ވެބް ކޮންޓެންޓް ދިރާސާކުރުމާއި، ޕްލޭންކުރުމާއި، އެޑިޓްކުރުމާއި، ލިޔުމުގެ ޒިންމާ އުފުލުން.
- ޑިރެކްޓަރ ނިއުސް ގެ ލަފާގެ މަތިން ، ވަގުތުން ވަގުތައް ބްރޭކް ކުރަންޖެހޭ ޚަބަރުތައް ބްރޭކްކުރުން
- އައު ޚަބަރާއި ފީޗަރ ރިޕޯޓް ފަދަ ކޮންޓެންޓް ހެދުމަށް ޖަރނަލިސްޓުންނަށް ޚިޔާލު ދިނުމާއި ސްކްރިޕްޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- ވެބްސައިޓަށްލާ ކޮންޓެންޓުގައި ބޭނުންކުރާ ފޮޓޯތަކާއި، ގްރެޕިކްސް، ވީޑިއޯ އަދި އާރޓްވޯކްތައް ބަލާ ޗެކްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- ވެބްސައިޓްގައި ހިމަނާ ކޮންޓެންޓަކީ ނިއުސްވާރދީ ކޮންޓެންޓެއްތޯ ބެލުމާއި، ކޮންޓެންޓުގެ ސައްޙަކަން ކަށަވަރުކުރުން.
- ވެބްސައިޓްގައި ހިމަނާ ކޮންޓެންޓަކީ ކޮޕީރައިޓް ކޮންޓެންޓެއްތޯ ބަލާ ޕީ އެސްއެމްގެ އެޑިޓޯރިއަލް ޤަވާއިދަށް ފެތޭތޯ ބެލުން
- ވެބްސައިޓްއަށް ވަންނަ މީހުންގެ ޕޮޕިއުލަރިޓީ ބެލުން އަދި ކޮންޓެންޓްގެ ވިޝުއަލް ލޭއައުޓް ބެލެހެއްޓުން
- ވެބްސައިޓަށްލާ ޚަބަރުތައް، އަޕްލޯޑް ކުރުމުގެ ކުރިން އެ ޚަބަރުތައް ޕީއެސްއެމްގެ އެޑިޓޯރިއަލް ޤަވާއިދަށް ފެތޭތޯ ބަލާ، ޗެކްކުރުން. އަދި ސްކްރިޕްޓް ތައް އެޑިޓްކުރުން ނުވަތަ އެޑިޓްކޮށް ޕްރޫފްރީޑް ކުރުން
- ކޮންޓެންޓް އެޑިޓަރުންނާއި މަޝްވަރާކޮށްގެން ޕީ އެސްއެމް ނިއުސް ވެބްސައިޓަކީ މީހުން ކިޔާ ހިއްވާ ކޮންޓެންޓްތައް ހުންނަ ވެބް ސައިޓްއެއްގެ ގޮތުގައި ހެދުމަށް ގަދައަޅައި މަސައްކަތްކުރުން
- ސޯޝަލް މީޑިއާގައި، ތާޒާ މަޢުލޫމާތު ފޮރުކޮށްދިނުމަށް އައު ޚިޔާލު ދިނުމާއި، ނިއުސް ވެބްސައިޓްގައި ހުންނަނީ އެންމެ ތަޒާ ޚަބަރުކަން ޔަޤީން ކުރުން.
- ވެބް ޓެކްނޮލޮޖީގެ އާ ޓްރެންޑްތަކާ އެއްވަރަށް ޕީ އެސްއެމް ނިއުސް ވެބްސައިޓް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުން.
- ޕީ އެސްއެމް ނިއުސް ވެބްސައިޓް ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިއުސް މެނޭޖްމަންޓް އާއި އެކު މަޝްވަރާކުރުން
- އާޓިކަލް ޕްރެޒެންޓޭޝަން ރަނގަޅުކުރުމަށްޓަކައި ކަމުގެ ތަޖުރިބާ ލިބފައިވާ ފަންނީމީހުން ( ވެބް ޑިޒައިން ކުރާ މީހުންނާއި، މާކެޓިންގ ޓީމާއި، އަދި ފޮޓޯގްރާފަރުންނާއި ) ގުޅިގެން މަސައްކަތްކުރުން
- އެސައިންކުރެވޭ މަސައްކަތް ފުރިހަމަކޮށް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުން.
- އެޑިޓޯރިއަލް/ ޕްލޭނިންގ/ އަދި ސްޓާފް މީޓިންގ ތަކުގައި ބައިވެރިވުން.
- ކަޑައެޅޭ ކޮންމެ ޝިފްޓް ޑިއުޓީ އަށް ނުކުމެ މަސައްކަތްކުރުން
- މަސައްކަތުގެ މާހައުލުގައި ނިއުސްރޫމްގައި ކަނޑައެޅިފައިހުންނަ ޕްރޮސީޖާތަކާއި އެއްގޮތަށް އަމަލުކުރުން.
- މީގެ އިތުރުން އިސްވެ ދެންނެވުނު ކަންތައްތަކުގެ ތެރޭގައި ނުހިމެނުނުނަމަވެސް، ދިމާވާ ހާލަތަކާއި ގުޅިގެން ނުވަތަ ހާއްސަ ހާލަތްތަކާ ގުޅިގެން ޑައިރެކްޓަރ ނިއުސް ނުވަތަ ނިއުސް އެވަގުތު އިސްކޮށްހުންނަ ފާރަތް އަންގަވާ އެހެނިހެން ކަންކަން ކުރުން.
|
|
އިތުރު އެލަވަންސްތައް
|
- އެޓެންޑެންސް އެލަވަންސް : ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ % 20 އެލަވަންސް ދެވޭނެއެވެ.
|
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
- ލިޔުމާއި ޕްރޫފް ރީޑިންގ އަދި އެޑިޓް ކުރުމުގެ ހުނަރުތައް ލިބިފައިވުން
- އިންޑިޒައިން، އިލަސްޓްރޭޓަރ، ފޮޓޯޝޮޕް، އެޑޯބް ޕްރީމިއަރ ފަދަ ސޮފްޓްވެއަރތައް ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
- ކްރިއޭޓިވް ތިންކިންގ އަދި މައްސަލަ ހައްލުކުރުމުގެ ހުނަރު ލިބިފައިވާ ފަރާތެއްކަމުގައިވުން
- ނޫސްވެރިކަމާއި، މުވާސަލާތީ ދާއިރާ ނުވަތަ އެފަދަ ކަމާގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުރުން
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
- ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)
|
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 17 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.
|