ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުސަތު
| 
 މަޤާމު:  | 
 މަސައްކަތު  | 
| 
 ރޭންކް:  | 
 އެސް.އެސް 1  | 
| 
 ކްލެސިފިކޭޝަން:  | 
 ސަޕޯޓް ސްޓާފް ގްރޭޑް 1  | 
| 
 އޮފީސް / އިދާރާ:  | 
 މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ  | 
| 
 ސެކްޝަން:  | 
 ކޯޕަރޭޓް އެފެއާޒް/ އެޑްމިން އެންޑް ހިއުމަން ރިސޯސް ޔުނިޓް  | 
| 
 ވަޒީފާއަދާކުރަންޖެހޭ ތަން:  | 
 ގުރައިދޫ ކައުންސިލްގެ އިދާރާ  | 
| 
 މުސާރަ:  | 
 3100.00  | 
| 
 ސަރވިސް އެލަވަންސް:  | 
 1000.00  | 
| 
 ބޭނުންވާ އަދަދު:  | 
 1  | 
| 
 ތަޢުލީމާއި ތަޖުރިބާ:  | 
 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުން.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
 1- ކައުންސިލް އިދާރާގެ ޢިމާރާތާއި، އޮފީހުގެ ގޯތިތެރެއާއި، ވަށައިގެންވާ މަގުތައް ދުވާލަކު އެއްފަހަރު ކުނިކެހުމާއި، ސާފުތާހިރުކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދުވަހުން ދުވަހަށް ކުރުން. 2- ކައުންސިލް އިދާރާއިން ހަދާ ތާވަލާ އެއްގޮތްވާ ގޮތުގެމަތިން ކޮންމެ ދުވަހަކު ހެދުނާއި ހަވީރު 06:00 ގައި ދިދަ ނަގައި ތިރިކުރުން. 3- ރަސްމީކޮށް އިދާރާ ހުޅުވާ ކޮންމެ ދުވަހަކު، އޮފީހުގެ ގޮނޑިތަކާއި، ކަބަޑުތަކާއި، މޭޒުތައް ފޮޅާ ސާފުކޮށް، ހިރަފުސް ފޮޅައި، މަކުނުވާ ފިލުވައި، އިދާރާތެރެ މޮޕްކުރުން. 4- ކައުންސިލް އިދާރާއަށް އެކިކަންކަމުގައި ހާޒިރުކުރަންޖެހޭ މީހުން، ވެރިން އަންގާ ގޮތެއްގެމަތިން ހާޒިރުކުރުމާއި، އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔުންތައް ހަވާލުކުރުން. 5- ކައުންސިލް އިދާރާގެ ދިޔަދޮވި، ހަފުތާއަކު އެއްދުވަހު ބަލައި ސާފުކުރުމާއި، ފެންތާނގީ ސާފުކޮށް، ފެންނަގައި ބެލެހެއްޓުން. 6- އޮފީހުގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތައް ކުނިކަހައިގެން ނެގޭ ކުނިތައް، ގޮނޑަށް ކުނިއެޅުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އުކައިލުން. 7- އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ އެކިއެކި ޖަލްސާ، ވާރކްޝޮޕް، ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުމާއި، ކޮމިޓީތަކަށާއި، ރައްޔިތުންނާއި އެނޫން ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، ރަށުތެރޭގައި އިޢުލާންތައް ހިއްޕުން. 8- އިދާރާ ގޯތިތެރޭގައި ކޮށަންޖެހޭ ގަސްތައް ކޮށައި ބެލެހެއްޓުމާއި، ބަގީޗާގަސް އިންދުމާއި، ގަހަށް ފެންދީ ހައްދާ ބެލެހެއްޓުން. 9- އިދާރާއިން ކުރިޔަށްގެންދާ ޙާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
| 
 އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި ކައުންސިލް އިދާރާގައި އޮންނާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް، އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، އެކަމަށް އެކަށީގެންވާ ވަގުތު އޮއްވާ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 މި މަޤާމްތަކަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، 2014 ނޮވެންބަރު 16 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން، މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.  | 
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
 ސިވިލް ސަރވިސްގެ ޤަވާޢިދުގައިވާ ގޮތުގެމަތިން، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1-ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 4- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ. 5- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ) 6- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނާރުފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 7- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރިތަނުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ. ނޯޓް: އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.  | 
| 
 މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6640072 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6640072 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.  | 
|
| 
 12 މުޙައްރަމް 1436  | 
|