|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ
|
|
ވަޒީފާގެ ދާއިރާ:
|
ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/9,500ރ އާއި -/17,000ރ ދެމެދު
|
|
އެހެނިހެން އެލެވަންސް:
|
މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން
ނުވަތަ؛
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 10 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ސްޓެލްކޯ ބިލްޑިންގގެ މާލަމްތަކާއި އެހެނިހެން ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުމާއި ބެހޭ މަސައްކަތްތައް ރާވާ ހިންގުމާއި އެކަމާއިބެހޭ ރެކޯޑްސް ސްޕަވައިޒްކޮށް ބެލެހެއްޓުން
- ހަމަޖެހިފައި އޮންނަ އުސޫލުން މެއިންޓަނަންސް ޔުނިޓުގެ މުވައްޒަފުންގެ މުސާރަތައް، ޙާޟިރީ ރިޕޯޓްތަކާއި، ޙާޟިރީ ރެކޯޑްސް ޗެކްކޮށް ސްޕަވައިޒްކުރުން.
- އޮފީހުގައި ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ޑްރިންކްސް އަދި ކޮފީ ވެއްދުމުގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
- ހެޑްއޮފީހުގެ އެންމެހާ ފްލޯތަކުގެ ކުލަޔާ ދަވާދު ބައުވެފައިވޭތޯ ބަލާ ދަވާދާ ކުލަބަދަލުކުރަން ކުރަންޖެހޭ މަސައްކަތްތައް
- ފާޚާނާތަކުގައި ހަލާކުވެފައިހުންނަތަކެތި މަރާމާތުކުރުވުން، ނުވަތަ އެފަދަ ތަކެތި ބަދަލުކުރުވުން ކުރަންޖެހޭ މަސައްކަތްތައް
- މެއިންޓަނަންސް ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒް ކޮށް ބެލެހެއްޓުން
- އިމާރާތް ފެހިކުރުމަށްޓަކައި ހައްދާ ގަސްތަކާބެހޭ އެންމެހާ މަސައްކަތް ކޮންސަލްޓެންޓުގެ ލަފާގެމަތިން ދުވަހުން ދުވަހަށް ބެލެހެއްޓުމާއި ބޭނުންވާ ތަކެތި ހޯދުމުގައި އެހީތެރިވުން:
- ކުންފުނީގެ ފަރާތުން އިވެންޓްތަކަށް ރަށުންބޭރުގައި (އަތޮޅުތަކުގެ ސްޓެލްކޯ އިންޖީނުގެ) މަސައްކަތްކުރަން ޖެހޭ ހާލަތެއްގައި އެރަށަކަށްގޮސް ހަވާލުވެފައިވާ މަސައްކަތްކުރުން
- ޑިޕާރޓްމަންޓްތަކުން ކުއްލިއަކަށް އަންނަ މެއިންޓަނަންސް މަސައްކަތްތަކުގައި މެއިންޓަނަންސް މުވައްޒަފުން ލައްވައި އެމަސައްކަތްތައް ވީއެންމެ ރަގަޅަކަށް ކުރުމަށް މަސައްކަތްކުރުން.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
02 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 02 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
01 ރަބީޢުލްއާޚިރު 1444
26 އޮކްޓޫބަރު 2022
|