ދިވެހިރާއްޖެ
އިޢުލާން ނަންބަރު: H/IUL/2022/207
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނީގެ އއ.އުކުޅަސް އިންޖީނުގެ ކަސްޓަމަރ ސާވިސް ބިލްޑިންގް އަދި ވަށާފާރު ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/1,000 (އެއްހާސް) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އެރަޖިސްޓްރީގެGC01 ގެ ގްރޭޑް GC01-01، GC01-02،
GC01-03، GC01-04 އަދި GC01-05 އަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ.
|
|
ދުވަސް |
ވަގުތު |
|
ފައިސާ ބަލައިގަތުމަށް |
26 އޮކްޓޫބަރު 2022 އިން 10 ނޮވެންބަރު 2022 |
09:00 އިން 15:00 އަށް |
|
ޑޮކިޔުމަންޓް ދޫކުރުމަށް |
31 އޮކްޓޫބަރު 2022 އިން 10 ނޮވެންބަރު 2022 |
09:00 އިން 15:00 އަށް |
|
މަޢުލޫމާތު ދިނުން |
13 ނޮވެންބަރު 2022 (އާދީއްތަ) |
11:30 ގައި |
|
އަގު ހުށަހެޅުން |
20 ނޮވެންބަރު 2022 (އާދީއްތަ) |
11:30 ގައި |
29 ރަބީއުލްއައްވަލް 1444
ނޯޓް:
- ދތަކެތި ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338124 / 3338160 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.