ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ
މި ސްކޫލަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާނުކުރަމެވެ.
| 
 މަޤާމު:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ ( މަޤާމްގެ ނަންބަރ : 121187 )  | 
| 
 ބޭނުންވާ އަދަދު:  | 
 1 ( އެކެއް )  | 
| 
 ރޭންކު:  | 
 ޖީއެސް 3  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 1  | 
| 
 މުސާރަ:  | 
 4،465.00 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު 1،500.00 ރުފިޔާ  | 
| 
 ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކްޝަން:  | 
 ތ.އަތޮޅު ތަޢުލީމީމަރުކަޒުގެ އިދާރާ، ތ. ތިމަރަފުށި  | 
| 
 މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު / ތަޢުލީމާއި، ތަޖުރިބާތައް:  | 
 1- އެޑްމިނިސްޓްރޭޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން. ނުވަތަ، 2- ޝާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:  | 
 1- އިދާރާއަށް ލިބޭ އެންމެހައި ފައިސާ ބަލައިގަނެ، ރަސީދު ހަދައި، ދުވަހު ފޮތާއި، އައިޓަމް ބާކީ ފޮތާއި، ތިޖޫރީ ބާކީއާއި، ބަޖެޓް ފައިސާއެއްނަމަ ބަޖެޓް ފޮތްތަކުގައި ލިޔެ، ލިބޭ ފައިސާ ދުވަހުން ދުވަހަށް ތިޖޫރިއާ ހަވާލުވެހުރި މުވައްޒަފަކާ ފައިސާ ހަވާލުކޮށް ސޮއިކުރުވުން. 2- މަހަކު އެއްފަހަރު ތައްޔާރުކޮށް ފޮނުވަންޖެހޭ ބަޖެޓް ރިޕޯޓް، ބޭންކު ރިކޮންސިލޭޝަން ސްޓޭޓްމަންޓް، ތިޖޫރީ ރިޕޯޓާއި، އެހެނިހެން ފައިސާގެ ރިޕޯޓްތަކާއި، އަހަރަކު އެއްފަހަރު ފޮނުވަންޖެހޭ މާލީ ހިސާބުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުމާއި، ފައިލްކޮށް ބެލެހެއްޓުން. 3- ސްކޫލްގެ އިންވެންޓްރީ ބަރާބަރަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންވެންޓްރީއަށް ވައްދަންޖެހޭ އެއްޗެހި ދުވަހުން ދުވަހަށް އިންވެންޓްރީއަށް ވައްދައި، ނައްތާލަންޖެހޭ އެއްޗެހި ނައްތާލުމާއި، ސްޓޮކް ބެލެހެއްޓުން. 4- ސްކޫލާއި ސްކޫލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ބާވެ ނައްތާލަންޖެހޭ ތަކެތި ގަވައިދުން ނައްތާލުމާއި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަންކިޔުމާބެހޭގޮތުން ކުރަންޖެހޭ އެންމެހައި މުޢާމަލާތް ހިންގުން. 5- ސްކޫލުން ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 1- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ. 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. 3- މަސައްކަތު ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.  | 
| 
 އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:  | 
 މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ނޮވެންބަރު 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ އެންމެހައި ލިޔުންތައް ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާއަށް ހުށައެޅުން އެދެމެވެ.  | 
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
 ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވެނޭއެވެ.  | 
| 
 ޗުއްޓީ:  | 
 ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް ( ތ. އަތޮޅު ތަޢުލީމީ މަރުކަޒުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ. ) 2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ( އެކްރެޑިޓްކޮށްފައިވާ ) ތަމްރީނުތައް ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ( ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ ). 5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). ސީވީ ތައްޔާރުކުރަންވާނީ ވަޒީފާއަށް އެދޭ ފޯމާއެކުގައިވާ ނަމޫނާއާ އެއްގޮތަށެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780015 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ 6780602 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.  | 
މި މަރުކަޒުގެ ނަންބަރު GS04/Iu/2014/04އިއުލާން ބާތިލުކޮށް އަލުން އިއުލާނުކުރީމެވެ.
02 ނޮވެމްބަރ 2014