ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-ED/266/2022/159
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 30 އޮކްޓޫބަރު 2022 23:59
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ހިއުމެނިޓޭރިއަން އެސިސްޓަންސް އެންޑް ޑިޒާސްޓަރ ރެސްޕޮންސް" ފުލް ސްކޭލް އެކްސަޒައިޒް

ދިވެހިރާއްޖެ ކާރިސާގެ ހާލަތަށް ތައްޔާރުވެ އޮތުމާއި، ރާއްޖޭގެ ކާރިސީ ހީރާސް ކުޑަކުރުމަށް، ޤައުމީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ  "ހިއުމެނިޓޭރިއަން އެސިސްޓަންސް އެންޑް ޑިޒާސްޓަރ ރެސްޕޮންސް" ފުލް ސްކޭލް އެކްސަޒައިޒްގެ ފީލްޑް އޮޕަރޭޝަންސް، ނޮވެމްބަރު 8-9 އަށް ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ކާރިސާތަކަށް އިޖާބަދިނުމަށާއި އިންސާނީ ހިދުމަތް ފޯރުކޮށްދިނުމަށް ކަމާ ގުޅޭ އެންމެހޭ އިދާރާތައް ތަމްރީން ކުރެވިގެން ދާނެއެވެ. ހަމައެއާއި އެކު ކާރިސާތަކުގައި އާންމު ރައްޔިތުން އަމަލުކުރަންވީ ގޮތްތައް ފަރިތަކުރެވިގެންދާނެއެވެ. އަދި މިފަދަ ބޮޑު ހަރަކާތެއް މިސިޓީގައި ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނޭ ކަމުގައި ދެންނެވީމެވެ.  

މި ހަރަކާތުގައި "ރޯލް ޕްލެއަރސް" ގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.  ވީމާ، މި ހަރަކާތުގައި  ބައިވެރިވުމަށް  އެދިލައްވާ ފަރާތްތަކުން  ތިރީގައިވާ ފޯމް 30 އޮކްޓޫބަރު 2022 ވާ އާދީއްތަ ދުވަހުގެ ކުރިން ފުރުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ނަންބަރު  6528831 އަށް ގުޅުއްވުން އެދެމެވެ.

ބައިވެރިވުމަށް އެދޭ ފޯމްގެ ލިންކް: https://forms.gle/x8Dgfi8E9G1P4exi8

25 އޮކްޓޫބަރު 2022