މަޤާމު
|
ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ
|
މަޤާމުގެ ނަންބަރު
|
J-369719
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އެމް. އެސް. 2
|
މަޤާމުގެ ކްލެސިފިކޭޝަން
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ޑިވިޝަން/ ސެކްޝަން
|
ޕަބްލިކް ހެލްތް ޕްރިޕެއަރޑްނެސް، ސަރވައިލެންސް އެންޑް އެޕިޑެމިއޮލޮޖީ ޑިވިޜަން، އިންޓަރނޭޝަނަލް ބޯޑަރ ހެލްތް ސެކްޝަން، އިންޓަރނޭޝަނަލް ބޯޑަރ ހެލްތު ޔުނިޓް - މާލޭ އެއަރޕޯޓް ޔުނިޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހެލްތް ޕްރޮޓެކްޝަން އެޖެންސީ
|
މުސާރަ
|
-/6,295 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2,500 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
- ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ކޮމިއުނިޓީ ހެލްތު،ޕްރައިމަރީ ހެލްތުކެއަރ،ޕަބްލިކް ހެލްތު)
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ބަނދަރުތަކުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ޤަވައިދު، އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް ( 2005) ގައި ބުނާ ބަނދަރުތަކާއި އަދި އުޅަނދުފަހަރުގައި ސެނިޓޭޝަން އަދި ވެކްޓަރ ކޮންޓްރޯލް އިންސްޕެކްޝަންސްތައް ގަވައިދުން ކުރިޔަށް ގެންދިޔުމަށްޓަކައި، އެކްޓިވިޓީސް ކަލަންޑަރުގައި ބުނާ ކަންކަން އިންތިޒާމު ކުރުމުގައި ފަންނީ ގޮތުން އަދި އިދާރީ ގޮތުން ބައިވެރިވުން ދިނުން. އެގޮތުން، އިންސްޕެކްޝަންތަކުގެ ޕްރިލިމިނަރީ ރިޕޯރޓްތައް ޑްރާފްޓްކޮށް ކަމާބެހޭ ފަރާތްތަކަށް ކޮމަންޓްސްއަށް ފޮނުވުމާއެކު މަސައްކަތާ ގުޅޭ ކަންކަން ފޮލޮ-އަޕް ހެދުން.
- ބަނދަރުތަކުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ޤަވައިދުގެ ދަށުން އެކުލަވާލަން ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި، އަދި ޕޯރޓް ހެލްތު ޔުނިޓްތަކުގައި އަމަލުކުރާ އެސް.އޯ.ޕީތައް މުރާޖާކުރުމާއި އަދި ޑްރާފްޓް ކުރުމުގައި އަމަލީގޮތުން ބައިވެރިވެ، ކޮމެންޓްސް ހޯދުމާއެކު ފައިނަލް ޑްރާފްޓް ކޮޕީ ނިންމުމަށް ކުރަންޖެހޭ ކަންކަން ސުޕަވައިޒަރުގެ ލަފާ ހޯދުމާއެކު އަމިއްލައަށް އިސްނަގައިގެން ފުރިހަމަކުރުން.
- ބަނދަރުތަކުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ޤަވައިދުގެ ދަށުން އެކުލަވާލެވޭ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކަށް ވީއެންމެ އަވަހަކަށް އީ-މެއިލްގެ ޒަރިއްޔާއިން މުއާމަލާތް ކުރުމާއިއެކު، ނޯޓިސް ދިނުން އަދި ފިޔަވަޅު އެޅުމަށްޓަކައި ޑެއިލީ ސާރވައިލަންސް ރިޕޯރޓް، ޔުނިޓްތަކުގެ މަސައްކަތު ޔައުމިއްޔާ ނުވަތަ ކޮމްޕްލަޔަންސް ސްޓެޓިސްޓިކްސް ޗެކުކޮށް، ފިޔަވަޅު އެޅުމުގެ ކުރިން ކަށަވަރު ކުރަންޖެހޭ ކަންކަން ވެރިފައިކޮށް، އޮފީހުން އެޕްރޫވަލް ހޯދުމަށްފަހު ފިޔަވަޅު އެޅުމުގެ މަސައްކަތް ގަވައިދުން ފުރިހަމަ ކުރުން. އަދި ކަމާގުޅޭ ރިކޯޑްސް ކޮންމެ ދުވަހަކު އަދާހަމަކޮށް ވަކި އިންތިޒާމެއްގެ ދަށުން ބެލެހެށްޓުން.
- ޕަބްލިކް ހެލްތު ޔުނިޓްތަކާއި އަދި އެޗް.ޕީ.އޭއިން ބަލަހަށްޓަމުން އަންނަ ޕޯރޓް ހެލްތު ޚިދުމަތްދޭ ޔުނިޓްތަކުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ، ފަންނީ އަދި ވަސީލަތުގެ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި މަދުވެގެން މަހަކު 1 ފަހަރު ޔުނިޓްތަކުގެ ފޯކަލް ޕޮއިންޓުންނާ ބައްދަލުވުން އިންތިޒާމްކޮށް އެ ބައްދަލުވުން ތަކުގެ ޔައުމިއްޔާ ރިކޯޑްކޮށް ބެލެހެށްޓުން.
- ޕަބްލިކް ހެލްތު ޔުނިޓްތަކާއި އަދި އެޗް.ޕީ.އޭއިން ބަލަހަށްޓަމުން އަންނަ ޕޯރޓް ހެލްތު ޚިދުމަތްދޭ ޔުނިޓްތަކުގެ މަސައްކަތްތައް ކުރަމުން އަންނަ ގޮތް މޮނީޓަރކޮށް އިވެލުއޭޓްކުރުމަށްޓަކައި އަހަރަކު 1 ފަހަރު ބަނދަރުތަކަށް ޒިޔާރަތްކުރުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސައި، ދަތުރާ ގުޅޭ ފަންނީ ރިޕޯރޓް އެކުލަވާލައި، ރިޕޯރޓްގައި ޓީމުން ފާހަގަކުރާ ކަންކަން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ތަންފީޒުކުރުން.
- ބައިނަލް އަޤްވާމީ ބަނދަރުތަކުން ޚިދުމަތް ހޯދާ އެޖެންޓް، އުޅަނދު ފަހަރު އަދި ޕޯރޓް އޮޕަރޭޓަރުން އުސޫލަށް އަމަލުކުރުމަށްޓަކައި ކުރިޔަށް ގެންދަން އެޗް.ޕީ.އޭ އިން ކަނޑައަޅާ ކަންކަން ތަންފީޒުކުރުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ މަސަކަތްތައް ސެކްޝަނުން އެކުލަވާލާ ޓައިމްލައިނާ އެއްގޮތަށް ކުރިޔަށް ތަންފީޒުކުރުމާއެކު ސްޓޭކް ހޯލްޑަރ މީޓިންގ ތަކުގައި ބައިވެރިވެ ބައްދަލުވުމާ ގުޅޭ ހާޒިރީ، ޔައުމިއްޔާ ފަދަ ރިކޯޑްތައް ބެލެހެށްޓުން.
- ހާޒިރީ އުސޫލުތަކާ އެއްގޮތަށް، ޔުނިޓްތަކުގެ ޑިއުޓީ ތާވަލުގެ ޑްރާފްޓް މަހަކު 2 ފަހަރު އެކުލަވާލުމުގައި، ކޮމަންޓް ހޯދައި، ސުޕަވައިޒަރުގެ އެޕްރޫވަލްއަށް ސޮފްޓް ކޮޕީ ފޮނުވުން. އަދި ޑިއުޓީތަކަށް ސުޕަވައިޒަރު ގެންނަ ބަދަލުތައް އަދާ ހަމަކުރުން. އެގޮތުން، ރަސްމީ މަސައްކަތުގައި ޑިއުޓީ، ތަމްރީންތައް އަދި އެހެނިހެން ކަންކަމުގައި ރިލީސް ނުވަތަ ޑިއުޓީ ކުރާ ޔުނިޓް ބަދަލުކުރަން ސުޕަވައިޒަރު ކަނޑައަޅާ މުވައްޒަފުންގެ ކަންކަން އިންޓަރނަލީ ކޯރޑިނޭޓްކޮށް ރިކޯޑްސް ބެލެހެށްޓުން.
- ޔުނިޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ރިކުއަރމަންޓާ އެއްގޮތަށް، ޕްރޮޕޯރސަލް، ބަޖެޓް ރިކުއަރމަންޓް އަދި ޕްލޭން ޑްރާފްޓްކޮށް ސުޕަވައިޒަރުގެ އެޕްރޫވަލް ހޯދުމަށްފަހުގައި ތަމްރީން ޕްރޮގްރާމް ހިންގުމާއި، އަދި ޕޯރޓްތަކާ ގުޅޭ އެވެއަރނަސް ނުވަތަ ރިފްރެޝަރ ސެޝަންސް ފެސިލިޓޭޓްކޮށް، ޕޯރޓް ހެލްތު މުވައްޒަފުންނަށް އަދި ޕޯރޓްތަކުގެ ފްރަންޓް-ލައިން އެޖެންސީތަކަށް އަމާޒުކޮށް ކްއާރޓާރލީ ތަމްރީން އަދި މައުލޫމާތު ދިނުމުގެ ސެޝަންސް ކުރިޔަށް ގެންދިޔުން.
- ސެކްޝަނުން ނުވަތަ ޔުނިޓްތަކުން ބާއްވާ އެކި ފަންނީ އަދި އިދާރީ ބައްދަލުވުންތަކުގެ އެޖެންޑާ ޑްރާފްޓްކުރުމާއި، ދައުވަތު ފޮނުވުމުގެ ކަންކަމާއި، ބައްދަލުވުމުގެ ހާޒިރީ ބަލަހަށްޓައި، ޔައުމިއްޔާ ތައްޔާރުކޮށް ޔައުމިއްޔާ ކޮމަންޓަށް ފޮނުވައި އެޕްރޫވަލް ލިބުމުން، ބައްދަލުވުންތަކުގައި ފާހަގަ ކުރާ މުހިއްމު ކަންކަން ސުންގަޑިއަށް ވާސިލްވުމަށްޓަކައި ފޮލޮ-އަޕް ހަދައި ކުރިޔަށް ގޮސްފައިވާ މިންވަރު ޓީމްސް ލައިވް ޝީޓްގައި އަދާ ހަމަކުރުން.
- އަހަރީ ރިޕޯރޓާއި، މަހު އަދި ހަފްތާ ރިޕޯރޓު، ދުވަހު ޔައުމިއްޔާއަށް ބޭނުންވާ މައުލޫމާތުގެ ތެރޭގައި ޕޯރޓް ހެލްތު ސެކްޝަން/ޔުނިޓްތަކުން ދޭ ޚިދުމަތް, އިންސިޑެންޓްސް، އިދާރީ މަސައްކަތްތައް، މުވައްޒަފުންނާ ގުޅޭ ކަންކަމާ ގުޅޭ މައުލޫމާތު އަދި އަހަރީ ބަޖެޓްއަށް ބޭނުންވާ މައުލޫމާތު ޔުނިޓްތަކުން ދުރާލައި ހޯދައި އެއްކުރަމުން ގެންދިޔުމާއެކު، ސުންގަޑިއަށް ރިޕޯރޓްތަކުގެ ޑްރާފްޓް އެކުލަވާލައި ސުޕަވައިޒަރުގެ އެޕްރޫވަލަށް ފޮނުވުން. އެގޮތުން، ޓީމްސް ލައިވް ޝީޓް އަދި އެކްސެލް ޝީޓްތައް މެދުވެރިކޮށް މައުލޫމާތު އެއްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، މައުލޫމާތު ޔުނިޓްތަކުން އަދާ ހަމަކުރޭތޯ ގަވައިދުން ބަލައި އެކަން ކުރުމަށް ޔުނިޓް ހެޑުންނާއި އަދި ވަކި ވަކި މުވައްޒަފުންނަށް މަގު ދެއްކުން.
- އަހަރު ފެށޭއިރު ޔުނިޓްތަކުގެ އަހަރީ ޗުއްޓީ ތާވަލު އެކުލަވާ ލުމަށްޓަކައި، މުވައްޒަފުންނާ އަދި ސުޕަވައިޒަރާ މަޝްވަރާކޮށް ޗުއްޓީ ތާވަލުގެ ފުރަތަމަ އަދި ފައިނަލް ޑްރާފްޓް އެކުލަވާލުން. އަދި ޗުއްޓީ ތާވަލަށް ގެންނަންޖެހޭ ބަދަލުތައް ކޮންމެ މަހަކު 1 ފަހަރު ދެނެގަނެ ތާވަލު އަދާ ހަމަކުރުމާއެކު ސުޕަވައިޒަރާ ހިއްސާ ކުރުން.
- ޕޯރޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ސިކިއުރީޓީ ނުވަތަ އެކްސެސް ފާސްތަކާއި، ޔުނިފޯރމް އައިސްޓަމްސް، ޔުނިފޯރމް އެލަވަންސްއާ، ސޭފްޓީ އައިޓަމްސް، ސަބް-އިންވެންޓްރީ، ސްޓޮކް ރިކުއަރމަންޓް އަދި ހޯދާ މުދަލާއި ތަކެތިއާ ގުޅޭ ކަންކަން ވަކި ޝެޑިއުލެއްގެ ދަށުން ވަގުތަށް ބެލެހެށްޓުމާއި އަދި މެމޯ/ލިޔެކިޔުމުން އަންގާ އެންގުންތައް އަންގާ ލިޔުންތަކުގައި ސޮއިކުރުވުމަށްޓަކައި ޔުނިޓްތަކާއި، މުވައްޒަފުންނާއި އަދި އިދާރީ ބަޔާއި މަޝްވަރާ ކުރުމާއެކު، ބަދަލު ކުރަންޖެހޭ ލިޔެކިޔުން ތައްޔާރުކޮށް އަދި ވިލަރެސްކޮށް މަސައްކަތް ފުރިހަމަކުރުން.
- ޕޯރޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ސިކިއުރީޓީ ނުވަތަ އެކްސެސް ފާސްތަކާއި، ޔުނިފޯރމް އައިސްޓަމްސް، ޔުނިފޯރމް އެލަވަންސްއާ، ސޭފްޓީ އައިޓަމްސް، ސަބް-އިންވެންޓްރީ، ސްޓޮކް ރިކުއަރމަންޓް އަދި ހޯދާ މުދަލާއި ތަކެތިއާ ގުޅޭ ކަންކަން ވަކި ޝެޑިއުލެއްގެ ދަށުން ވަގުތަށް ބެލެހެށްޓުމާއި އަދި މެމޯ/ލިޔެކިޔުމުން އަންގާ އެންގުންތައް އަންގާ ލިޔުންތަކުގައި ސޮއިކުރުވުމަށްޓަކައި ޔުނިޓްތަކާއި، މުވައްޒަފުންނާއި އަދި އިދާރީ ބަޔާއި މަޝްވަރާ ކުރުމާއެކު، ބަދަލު ކުރަންޖެހޭ ލިޔެކިޔުން ތައްޔާރުކޮށް އަދި ވިލަރެސްކޮށް މަސައްކަތް ފުރިހަމަކުރުން.
- ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން
|
މަޤާމުގެ ޝަރުތުތައް
|
މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ތަޢުލީމީ ރޮނގުތައް:
- ކޮމިއުނިޓީ ހެލްތު
- ޕްރައިމަރީ ހެލްތުކެއަރ
- ޕަބްލިކް ހެލްތު
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް
މަޤާމުގެ ކޯ ޑިސިޕްލިން:
- ކޮމިއުނިޓީ ހެލްތު
- ޕްރައިމަރީ ހެލްތުކެއަރ
- ޕަބްލިކް ހެލްތު
|
ގުޅޭ ވަޒީފާގެ ދާއިރާ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު
|
5
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
20
|
އިންޓަރވިއު
|
35
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 02 ނޮވެންބަރ 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އަދި އިންޓަރވިއު އޮންނާނީ، 2022 ނޮވެންބަރ މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ވަޒީފާއަށް ކުރިމަތިލީ
ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014423 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|