މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2022/495
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 17:32
ސުންގަޑި: 24 އޮކްޓޫބަރު 2022 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޏ.ފުވައްމުލަކު ހޮސްޕިޓަލުގެ ވޯރޑް އޭރިޔާގައި ވީ.އާރު.ވީ/ވީ.އާރު.އެފް އެއަރކޮންޑިޝަން އަދި ފްރެޝްއެއަރ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޏ.ފުވައްމުލަކު ހޮސްޕިޓަލުގެ ވޯރޑް އޭރިޔާގައި ވީ.އާރު.ވީ/ވީ.އާރު.އެފް އެއަރކޮންޑިޝަން އަދި ފްރެޝްއެއަރ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-AP/23/2022/332 (17 ޖުލައި 2022) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަނުވާތީ މިއިޢުލާން ބާތިލުކުރުމަށްފަހު މިމަމަސައްކަތްތުގެ ސްކޯޕަށް ބަދަލުގެނެވިފައިވާތީ މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 24 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

                          17 ރަބީއުލް އައްވަލް  1444

13 އޮކްޓޫބަރު 2022