ވަޒީފާގެ ފުރުޞަތު
ނަންބަރު: A/E7C/2014/21
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 13 ނޮވެންބަރު 2014 14:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ލީގަލް އެސިސްޓެންޓް

މަޤާމުގެ ނަން:

ލީގަލް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް:

MS1

އޮފީސް:

ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓު

މަޤާމުގެ މުސާރަ:

-/5610 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

އެލަވަންސް/ޢިނާޔަތް:

- ސަރވިސް އެލަވަންސް -/3000 (ތިންހާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

  (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ކޯޓަށް ހުށަހަޅާ މައްސަލަތައް ދިރާސާކުރުން.

2- މައްސަލަތައް ދިރާސާކުރަން ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.

3- މައްސަލަތަކާ ގުޅިގެން އިދާރީގޮތުން އޮފީސްތަކަށް ލިޔަންޖެހޭ ސިޓީތައް ލިޔުމާއި، މައްސަލަތަކާ ގުޅިގެން އެކިމަޢުލޫމާތުތައް ސާފުކުރުމަށް ޑިޕާޓްމަންޓުންނާއި އެކި އޮފީސްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުން.

4- މައްސަލަތަކުގައި ކޯޓަށް ހާޒިރުވާ ފަރާތްތަކުން ޗުއްޓީ ހޯދުމަށް އެދޭނަމަ ހަމަޖެހިފައިވާ ޤަވާއިދުން ޗުއްޓީގެ ކަންތައް ހަމަޖެއްސުން.

5- މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކުރުމާއި، މެޖިސްޓްރޭޓަށް އެހީތެރިވުން.

6- ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ރިކޯޑިންގެ ބަޔާންތައް ދުވަހުން ދުވަހަށް ލިޔެ ތައްޔާރުކުރުން.

7- ޝަރީޢަތުގެ މަޖިލިހަށް މައްސަލައިގެ ފައިލް ވެއްދުމުގެ ކުރިން އެ މައްސަލައެއް ދެން ބަލާނެ ދުވަހަކާއި ގަޑި ހޯދުން.

8- މީގެ އިތުރުން، ކޯޓުގެ އިސް މެޖިސްޓްރޭޓާއި ވެރިން އަންގާ، ކޯޓުގެ ކޮންމެ މަސައްކަތެއް ކުރުން.

9- ވަޒީފާގެ ވާޖިބުތައް، ކޯޓު ހިންގުމާއހަވާލުވެހުންނަ، އެންމެ އިސް ފަނޑިޔާރެއްގެ މަޝްވަރާއާއެކު، ތެދުވެރިކަމާއި ފަރުވާތެރިކަމާއެކު އަދާކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު ލިބެން ހުންނާނީ މި ކޯޓުގެ ކައުންޓަރުން).

- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓެއް ހުށަހަޅާނަމަ، ސެޓުފިކެޓާއެކު ޓްރާސްކްރިޕްޓް ހުށަހެޅުން).

- އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- މުއްދަތު ހަމަނުވާ އައި. ޑީ. ކާޑުގެ ސާފު ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2014 ނޮވެންބަރު 13 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު މި ކޯޓަށް ހުށަހެޅުން ނުވަތަ މި ކޯޓުގެ އީމެއިލަށް ([email protected]) މެއިލްކުރުން އެދެމެވެ. ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބަލައެއް ނުގަނެވޭނެއެވެ.

4 މުޙައްރަމް 1436

28 އޮކްޓޫބަރު 2014