ވަޒީފާގެ ފުރުޞަތު
ނަންބަރު: GS11/2014/16
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 10 ނޮވެންބަރު 2014 14:00
ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރ ( ދާއިމީ )

މި މަދަރުސާގެ، ތިރީގައިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:

ލީޑިންގ ޓީޗަރ (ދާއިމީ)

މަޤާމުގެ ނަންބަރު:

252578

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން:

ފ.އަތޮޅު މަދަރުސާ

ސެކްޝަން:

އެކަޑަމިކް ސެކްޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

 

 

 

 

 

 

 

 

 މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

-  ކިޔަވައިދޭންޖެހޭ މާއްދާތަކުގެ ސްކީމްތަކާއި ފިލާވަޅުތަކާއި އެ ފިލާވަޅުތަކާ ގުޅޭ ޓީޗިންގ އެއިޑްސް ތައްޔާރުކުރުމާއި، ހަވާލުކުރެވޭ ޓައިމްޓޭބަލާ އެއްގޮތަށް ކިޔަވައިދިނުމާއި، ހަވާލުކުރެވޭ ރިލީފް ގަޑިތައް ނެގުން.

-  ލެޝަން ޕްލޭންތަކާއި، ސްކީމް އޮފް ވާރކާއި، ޓެސްޓް ޕޭޕަރުތަކާއި، ދަރިވަރުންތަކާއި، ޓެސްޓުގެ ޖަވާބުކަރުދާސްތަކާއި، ކްލާސް ރަޖިސްޓަރީތަކާއި، ކްލާސް ރެކޯޑްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތަކުގެ އިރުޝާދު މުދައްރިސުންނާއި ދަރިވަރުންނަށް ދިނުން.

-  މުދައްރިސުންގެ ކިޔަވައިދިނުމުގެ ފެންވަރު އޮބްޒާވްކޮށްފައި ފީޑްބެކް ދިނުމާއި، މުދައްރިސުންގެ ޢިލްމީ ހުނަރުތައް ރަނގަޅުކުރަންޖެހޭ ދާއިރާތައް ފާހަގަކޮށް ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލުގެ ފެންވަރުގައި ޕްރޮގްރާމް ހިންގުމާއި، އަމިއްލަ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

-  ދަރިވަރުންގެ އަޚުލާޤު ރަނގަޅުކުރުމަށާއި، މުދައްރިސުންނާއި ބެލެނިވެރިންގެ އޮންނަ ގުޅުން ރަނގަޅުކުރުމަށްޓަކައި ބައްދަލުވުންތައް ބޭއްވުން.

-  ޓައިމްޓޭބަލާއި އެކްޓިވިޓީސް ކަލަންޑަރު ތައްޔާރުކޮށް، އެކްޓިވިޓީސް ކަލަންޑަރުގައިވާ ހަރަކާތްތައް މުވައްޒަފުން ލައްވައި ހިންގުން.

-  ޓީޗަރުންގެ މަސައްކަތްތައް ސިވިލްސަރވިސް ކޮމިޝަނުން ހަމަޖައްސާފައިވާ އުސޫލުން ސްޕަވައިޒްކޮށް، ސްޓާފް އެޕްރައިޒަލް ފޯމުތައް ފުރައި މާކްސް ދީ އަޕްޑޭޓްކުރުން

-  ދަރިވަރުންނަށް ދެވޭ ޓެސްޓްތަކާއި އިމްތިޙާނުތައް ޓީޗަރުން ލައްވާ ހިންގުވައި، ނަތީޖާ އެނަލައިޒްކޮށް، ފެންވަރު ދަށް ކުދިންނަށް އިތުރު ކްލާސް ހިންގުމާއި، މޮޅުކުދިންނަށް އިތުރަށް މޮޅުވެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން.

-  މުދައްރިސުންނާއެކު ކޯޑިނޭޝަން މީޓިންގތައް ބޭއްވުމާއި، ސަބްޖެކްޓް ކޮމިޓީ މީޓިންގތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، ސްޓާފްމީޓިންގތަކާއި ޕޭރަންޓް މީޓީންގތައް ބޭއްވުމާއި، ސްކޫލުގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުން.

-  ޓީޗަރުން ކިޔަވައިދިނުމުގައި ބޭނުންކުރާ މާއްދާތަކާ ގުޅޭ މުދައްރިސުންގެ ފޮތްތަކާއި، ޓީޗަރސް ގައިޑްތަކާއި، ސިލަބަސްތައް ޓީޗަރުންނަށް ހޯދައިދިނުމާއި، އެތަކެތި ރަނގަޅުގޮތުގައި ބޭނުންކުރާކަން ކަށަވަރުކުރުމާއި، ސްކޫލުގެ ގޯތިތެރެ ސާފުތާހިރު ފެހިތަނަށް ހެދުމަށް މަސައްކަތްކުރުން.

-  ސްކޫލުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ރާވާ އެންމެހައި ކަންތައްތަކެއްގައި އިސްވެ ހަރަކާތްތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:

-  ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-  ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

-  މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (www.csc.gov.mv އިންނާއި، މިމަދަރުސާގެ އިދާރާއިން  ލިބެން ހުންނާނެއެވެ.)
  • އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓެޑް ތައްގަނޑުޖަހާފައިވާ އަސްލު.
  • މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އެޓެސްޓެޑް ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ) ފޯނުނަންބަރާއެކު
  • ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފެއްނަމަ ''މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ލިޔުން''.

އިންޓަރވިއު ކުރުން: މި އިޢުލާނުގައިވާ މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2014 ނޮވެންބަރު 12 ވާ ބުދަ ދުވަހު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ސުންގަޑި: މި އިޢުލާނުގައިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2014 ނޮވެންބަރު 10 ހޯމަ ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިން ސްކޫލުގެ އޮފީހަށް ވަޒީފާއަށް އެދޭ ފޯމު، މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި 7952910 ނަންބަރަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

26 އޮކްޓޫބަރު 2014