ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2014/441
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 05 ނޮވެންބަރު 2014 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑްރައިވަރ

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ޑްރައިވަރ

އަދަދު: 1

އަސާސީ މުސާރަ: -/3830ރ އާއި -/4410ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން މެޓީރިއަލް ވެއަރހައުސް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1900ރ އާއި 2900ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ޕެންޝަން

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

* ޑެލިވަރީ ކުރުމުގެ މަސައްކަތް

* ދުއްވާ ވެހިކަލް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ:

* ގުރޭޑް 7 ގެ ފެންވަރުހުރި މީހަކު ކަމުގައިވުން

* ސީ 2 ގެ ކެޓަގަރީ ޑްރައިވިންގ ލައިސަންސް އޮތުން

*  ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަވުން

* މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 ނޮވެންބަރު 05 (ބުދަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 http://www.stomaldives.com/downloads/ :އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261    ފެކްސް:  3344041    ވެބްސައިޓް: www.stomaldives.com

29 އޮކްޓޫބަރު 2014