މަސައްކަތް
ނަންބަރު: (IUL)142-A1/142/2022/200
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 11 އޮކްޓޫބަރު 2022 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުފްތީ އިސްމާޢިލް މެންކްގެ އިވެންޓްތަކުގައި ރިފްރެޝްމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި، އަދި އައްޑޫސިޓީގައި ބާއްވާ ޖަލްސާގައި ބޭނުންކުރުމަށް ޕްލާސްޓިކް ގޮނޑި ހަމަޖައްސައިދޭނެ ފަރާތެއްހޯދުން

އިޢުލާން

ރާއްޖޭން ބޭރުގެ މަޝްހޫރު ޢިލްމުވެރިޔާ މުފްތީ އިސްމާޢިލް މެންކް މެދުވެރިކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ އިވެންޓްތަކުގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އިވެންޓްތަކުގައި ރިފްރެޝްމެންޓް ތައްޔާރުކޮށްދޭނެ ފަރާތަކާއި، އަދި އައްޑޫސިޓީގެ ޖަލްސާގައި ބޭނުންކުރުމަށް 2000 ޕްލާސްޓިކް ގޮނޑި ހޯދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރކުރައްވާ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.

ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2022 އޮކްޓޯބަރ 11 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 އޮކްޓޯބަރ 18 ވާ ހޯމަ ދުވަހުގެ 12:30 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2022 އޮކްޓޯބަރ 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ,30202393020261 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

09 އޮކްޓޫބަރު 2022