| 
 އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ    
 | 
 މަޤާމު: 
 | 
| 
 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 
 | 
 ކްލެސިފިކޭޝަން: 
 | 
| 
 GS3 
 | 
 ރޭންކް 
 | 
| 
 -/4465 ރުފިޔާ 
 | 
 މުސާރަ: 
 | 
| 
 - މުސާރަ 4,465.00 ރ 
- ސަރވިސް އެލަވަންސް 1,500.00 ރ 
- އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް %35 
މި މަޤާމުގެ މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
 | 
 އެހެނިހެން 
އިނާޔަތްތައް 
 | 
| 
 01 
 | 
 ބޭނުންވާ އަދަދު 
 | 
| 
 ސްޓެޓިސްޓިކްސް ޑިވެލޮޕްމަންޓް އެންޑް ކޯޑިނޭޝަން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް. 
 | 
 މަޤާމު ބޭނުންވާ ސެކްޝަން 
 | 
| 
 ލ.އަތޮޅު ކައުންސިލް އިދާރާ،  ލ.ފޮނަދޫ  
 | 
 މަސައްކަތް ކުރަންޖެހޭ ތަނާއި ރަށް:  
 | 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
 
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 
  | 
 މަޤާމުގެ ޝަރުޠުތައް: 
 | 
- ސަރުކާރުގެ އެކި އޮފީސްތަކުން އަތޮޅާއި ރަށުފެންވަރުގެ އިދާރީ ތަފާސްހިސާބު އެއްކުރުމަށް ބޭނުންކުރާ ފޯމުތައް ފުރިހަމަކުރުން
 
- އަތޮޅާއި ރަށު ފެންވަރުގައި ހިންގޭ ތަފާސްހިސާބުގެ ތަމްރީނު ޕްރޮގުރާމުތައް ވިލަރެސްކުރުން
 
- އަތޮޅާއި ރަށު ފެންވަރުގައި ހިންގޭ އެކިއެކި ސަރވޭތަކުގެ ލިސްޓާއި ރިކޯޑު ބެލެހެއްޓުން
 
- ޑީ.އެން.ޕީ ގެ ތަފާސްހިސާބާ ބެހޭ ޑިވިޝަނުން އެކުލަވާލުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ތަފާސްހިސާބުގެ އަހަރީ ފޮތަށް ބޭނުންވާ ރަށުފެންވަރުގެ ތަފާސްހިސާބު ފޯރުކޮށްދިނުން
 
- އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭ މިންވަރު އިތުރުކުރުމާއި ކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުން
 
- އަތޮޅާއި ރަށުފެންވަރުގައި މަސައްކަތް ހިންގާ ތަންތަނުގެ ލިސްޓެއް ބެލެހެއްޓުން
 
- ބޯހިމެނުމާއި ސަރވޭތަކަށް ބޭނުންވާ ލިސްޓިންގ ރަށުފެންވަރުގައި ނެގުމާއި މި މަޢުލޫމާތު އަޕްޑޭޓުކުރަން ބޭނުންވާ މިންވަރަކުން އެ މަސައްކަތް ކުރުން
 
- ބޯހިމެނުމާއި ސަރވޭތަކަށް ބޭނުންވާ ރަށުގެ ޗާޓުތައް އަޕްޑޭޓުކޮށް ބެލެހެއްޓުން
 
- ބޯހިމެނުނުމާއި ސަރވޭތަކުގައި އަތޮޅާއި ރަށުފެންވަރުގައި ހަރަކާތްތެރިވާ އިނިއެމަރޭޓަރުންނާއި ސުޕަވައިޒަރުން ތަމްރީނުކުރުން
 
- އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ސުޕަވައިސްކޮށް ވިލަރެސްކުރުން
 
- އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް އަމަލީގޮތުން ސުޕަވައިސް ކުރުމަށްޓަކައި އަތޮޅުގެ ރަށްރަށަށް ދަތުރުކުރުން
 
- ޑީ.އެން.ޕީ ގެ ތަފާސްހިސާބާ ބެހޭ ޑިވިޝަނަށް މަސައްކަތް ހިނގާ ގޮތުގެ މަޢުލޫމާތުދީ ގަވާއިދުން ރިޕޯޓުކުރުމާއި ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވުން
 
- ކުއްލި ހާލަތްތަކުގައި ވަގުތުން ވަގުތައް އަތޮޅާއި ރަށުފެންވަރުގައި އެއްކުރަންޖެހޭ އެމަރޖެންސީ އިންފޯ ހަލުވިކަމާއެކު ނެގުމަށްޓަކާ އެހީތެރިވުން
 
- ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓުތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން
 
  | 
 މަޤާމުގެ މަސްއޫލިއްޔަތު:  
 | 
| 
 - ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު 
- މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު 
- ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު 
- މި މަޤާމަށް ހޮވޭ ފަރާތް މަސައްކަތް ކުރައްވަންޖެހޭނީ ލ. އަތޮޅު ކައުންސިލް އިދާރާގައި ކަމަށްވެފައި މި މަޤާމަކީ ލިވިންގ އެލަވަންސް ހަމަޖެހިފައިވާ މަޤާމަކަށް ނުވާތީ މި މަޤާމަށް މީހުން ހޮވުމުގައި ލ.ފޮނަދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 
 | 
 މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: 
 | 
| 
 މި މަޤާމަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު ކުރުމާއި އިމްތިޙާނު ކުރުން ލ. އަތޮޅު ކައުންސިލް އިދާރާގައި އޮންނާނީ، 23 ނޮވެންބަރު އިން 27 ނޮވެންބަރު 2014 އާ ދެމެދު އަދި މާލެއިން ކުރިމަތި ލައްވާފަރާތްތަކަށް އިންޓަވިއު އޮންނާނީ 25 ނޮވެންބަރު އިން 27 ނޮވެންބަރު 2014 އާ ދެމެދު އެވެ. 
 | 
 އިންޓަވިއު ކުރުމާއި، އަދި އިމްތިޙާނު ކުރުން 
 | 
- ވަޒީފާއަށް އެދޭ ފޯމު
 
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
 
  | 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
| 
 10 ނޮވެންބަރު 2014 ގެ 14:30 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ލ.އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. 
 | 
 ސުންގަޑި:  
  
 | 
- ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ލ. އަތޮޅު ކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.
 
- މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349395 ނުވަތަ 3349388 ނަންބަރު ފޯނާއެވެ.
 
 
 | 
 އިތުރު މަޢުލޫމާތު:  
 |