މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2022/488
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 16:13
ސުންގަޑި: 13 އޮކްޓޫބަރު 2022 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވިއަން ބްލަޑް ސަރވިސްގައި ބޭނުންކުރާ ބެޑްޝީޓް ބާލީސްއުރަ ފަދަތަކެތި ދޮވުމަށްޓަކައި އައި.ޖީ.އެމްއެޗަށް ގެންގޮސް ގެނެސްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

      މޯލްޑިވިއަން ބްލަޑް ސަރވިސްގައި ބޭނުންކުރާ ބެޑްޝީޓް ބާލީސްއުރަ ފަދަތަކެތި ދޮވުމަށްޓަކައި އައި.ޖީ.އެމްއެޗަށް ގެންގޮސް ގެނެސްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

      މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 04 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުން ފެށިގެން 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 އޮކްޓޯބަރ 2022 ވާ އަންގާރަ  ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

      މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                          08 ރަބީއުލް އައްވަލް  1444

04 އޮކްޓޫބަރު 2022