ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)358/INDIV/2014/4
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 06 ނޮވެންބަރު 2014 15:00
ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ގަންނަން

މިއިދާރާއަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެ:

ވ.ތިނަދޫ ކައުންސިލް އިދާރާއަށް މިދަންނަވާ ތަކެތި ގަންނަށް ބޭނުންވެއްޖެއެވެ.

#

އަދަދު

ބާވަތް

01

500

ބަސްތާ ސިމެންތި

02

520

ބަސްތާ ހިލަ

03

350

ބަސްތާ ހިލަވެލި

04

06

ފްލައިވޫޑް "1/2 ގެ

05

03

ވީލްބަރޯ އާދައިގެ

06

02

ކިލޯ މޮހޮރު "2

07

03

ކިލޯ މޮހޮރު "3

08

02

ރޯލް ސުބާޑް (ބޮޑު)

09

04

ފިލާ 2އިންޗިxފ8އިންޗިxފ17ފޫޓު (ކޮންމެ ފިލައެއް ތިންފަޅިއަށް ފަޅާލާފައި)

10

15

ވައު އައްސާ ބުޅި ("1/2 އެސް އެސް)

 

 

 

 

 

 

 

 

ވީމާ، މިތަކެތި މާލެއިން ގަނެގެން މިރަށަށް (ވ.ތިނަދޫ) އަށް ގެނެސް ބަނދަރު ސަރަޙައްދަށް ބާލައިދޭން ބޭނުންފުޅުވާ ފަރާތްތަކުން 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހު، މިއިދާރާ ބަންދުވުމުގެ ކުރިން މިއިދާރާގެ ނަންބަރު 6700604 ފޯނާ ގުޅުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މާކްސް ދެވޭ ގޮތްތައް:

#

މާކްސް ދެވޭގޮތް

މާކްސް ދެވޭ މިންގަނޑުތައް

ތަފުސީލު

01

60%

އަގު

ޚިދުމަތުގެ އަގަށް ދެވޭ މާކްސް

މާކްސް ދެވޭނީ މިކައުންސިލުން ފެންވަރު ކަނޑައަޅައި ފާސްވާ ފަރާތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން މާކްސް ދެވޭގޮތުގައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑަ އަގަށެވެ.

02

25%

މުއްދަތު

އެންމެ ގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުރު މުއްދަތަށެވެ.

03

15%

ތަޖުރިބާ

އެންމެ ގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

01. ބިޑް އިވެލުއޭޓް ކުރާނީ، މިކައުންސިލުން ޢައްޔަނުކުރާ ބިޑް އިވެލުއޭޓްކުރާ ކޮމެޓީއަކުންނެވެ.

02. ބިޑް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.

03. ބިޑް އިވެލުއޭޓް ކުރުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ. 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޛުލްޙިއްޖާ 1435

21 އޮކްޓޫބަރު 2014