| މަޤާމު  | އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:  | އޮފިސަރ ގްރޭޑް 2 (ޖީ.އެސް 4) | 
| ބޭނުންވާ އަދަދު: | 2 | 
| މުސާރަ: | -/5،020 (ފަސްހާސް ވިހި) ރުފިޔާ | 
| ސަރވިސް އެލަވަންސް: | -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ | 
| އެޓަރނީ ޖެނެރަލްސް އޮފީސް އެލަވަންސް  | އަސާސީ މުސާރައިގެ %35 | 
| މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: | އެޓަރނީ ޖެނެރަލްގެ އޮފީސް، ޖެނެރަލް އެޑްމިނިސްޓްރޭޝަން / މާލެ | 
| މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:         | 
އޮފީހުގެ ރިސެޕްޝަނަށް ލިބޭ ސިޓީތަކާއި ލިޔެކިޔުންތައް އެންޓްރީ ކުރުމާއި ސްކޭންކުރުން އަދި ސެކްޝަންތަކަށް ހަވާލުކުރުން.އޮފީހުގެ ރިސެޕްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދިނުން.ސެކްޝަނަށް ލިބޭ ސިޓީތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ އެންމެހައި ފަރާތްތަކަށް ފޮނުވުން.ސެކްޝަނަށް ލިބޭ ސިޓީ މެސެޖް ފަދަ ތަކެތި އެންޓްރީ ކުރުން.ސެކްޝަންގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.އޮފީހުގެ އަހަރު ރިޕޯޓަށް ސެކްޝަނުން ބޭނުންވާ މައްސަލަތަކުގެ ސްޓޭޓަސްގެ ތަފްޞީލު ރިކޯޑު ބެލެހެއްޓުން.ޤާނޫނު އަސާސީގެ އިނގިރޭސި ތަރުޖަމާ އާއި، ދިވެހިތަރުޖަމާ ވިއްކުމާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.އޮފީހުގެ މީޓިންގތައް ބޭއްވުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން.ލީގަލް އެއިޑްގެ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.ޤާނޫނީ ވަކީލުން ހުވާކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.އޮފީހުގެ ފަރާތުން ބާއްވާ ޖަލްސާ / ވަރކްޝޮޕްގެ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.ސްޓޮކް / އިންވެންޓްރީގެ މަސައްކަތްތައް ކުރުން.ޕްރޮކިއުމަންޓް / މެއިންޓެނަންސް އާ ގުޅުންހުރި މަސައްކަތްތައް ބެލެހެއްޓުން.އޮފީސް ޑިއުޓީއާއި އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން.އޮފީސް ޑިއުޓީނެގުމާއި އޮފީސް ހުޅުވައި ލެއްޕުން.މީގެ އިތުރުންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން. | 
| މަޤާމުގެ ޝަރުޠުތައް:     | 
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަމަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން | މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު - ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގޭ ފަރާތަކަށްވުން - މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން | 
| އިންޓަވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން: | 2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. | 
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 06 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:30ގެ ކުރިން މި އޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ. 
ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ؛ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް؛ އަދިސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު". މި ފޯމު ހުށަނާޅައިފިނަމަ ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. |