މަސައްކަތް
ނަންބަރު: (IUL)142-A1/142/2022/185
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 01 އޮކްޓޫބަރު 2022 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފޮޓޯކޮޕީ މެޝިންތައް ސާވިސްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިމިނިސްޓްރީގެ ފޮޓޯކޮޕީ މެޝިންތައް ސާވިސްކޮށްދޭނެ  ފަރާތެއް  ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ:
(IUL)142-A1/142/2022/170 (14 ސެޕްޓެމްބަރ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ބޭފުޅުންނަށް މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2022 އޮކްޓޯބަރ 01 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 އޮކްޓޯބަރ 09 ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2022 އޮކްޓޯބަރ 05 ވާ ބުދަ ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020222  3020239, ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

28 ސެޕްޓެންބަރު 2022