ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2022/270
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 02 އޮކްޓޫބަރު 2022 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑީން (ސްކޫލް އޮފް މެޑިސިން)

މަޤާމް :ޑީން
ބޭނުންވާ އަދަދު :1

މަޤާމް: ޑީން  (ސްކޫލް އޮފް މެޑިސިން)

 

މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް

ބޭނުންވާ ޢަދަދު:  1

މަޤާމުގެ މުއްދަތު: ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

 

ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:

1. މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް   

  • މުސާރަ: 15,246.00ރ
  • ސާރވިސް އެލަވަންސް: 6,534.00ރ
  • ސްޕެޝަލައިޒޭޝަން އެލަވަންސް: 24,399.32ރ.
  • ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި މުސާރަ އާއި އެލަވަންސް މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓް ވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އޮންނާނެއެވެ.

2. ޓެނުއަރޝިޕް އެލަވަންސް: މި އެލަވަންސް ހަމަޖައްސާނީ ފުލް-ޓައިމް އިކްއިވެލަންޓް ސްޓޫޑަންޓުންގެ އަދަދަށް ބަލައި ޑީނުންނާއި ސެންޓަރުތަކުގެ ވެރިން އައްޔަންކުރުމުގެ އުޞޫލުގެ (ރ) ގައިވާގޮތުގެ މަތިނެވެ.

3. ފޯން އެލަވަންސް: މަހަކު -/500 ރުފިޔާ

 

މަޤާމުގެ އަސާސީ ޝަރުޠުތައް:

  1. އެމް.ބީ.ބީ.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް ހާސިލްކުރުމަށްފަހު ޑޮކަޓަރ އޮފް މެޑިސިންގ / މާސްޓާރ އޮފް ސަރޖަރީ (އެމް.އެން.ކިއު.އެފް ލެވެލް 9) ހާސިލުކޮށްފައިވުން.
  2. މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ ނުވަތަ ޓާރޝަރީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ޙާޞިލްކޮށްފައި ވާން ވާނެއެވެ. ތަޖުރިބާ ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.

          

ޑީންނުންނާއި ސެންޓަރުގެ ވެރިން ޢައްޔަނު ކުރުމުގެ އުޞޫލު ޔުނިވަރސިޓީގެ ވެބް ސައިޓުން ލިބޭނެއެވެ.

URL: https://mnu.edu.mv/wp-content/uploads/2022/09/Deans-Selection-Policy.pdf

 

އެޕްލިކޭޝަން ފޮނުވަންވީތާރީޚް: 2022 އޮކްޓޫބަރު 2 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2022-SM-270

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.

2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ،އެކްރިޑިޓްކޮށްފައިވާ ސަނަދު. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ޔުނިވަރސިޓީއަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނައިގެން.)

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގައި މަޢުލޫމާތު ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
  • އިންޓަރވިއު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަރވިއު ޕެނަލްއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345141 ނަންބަރު ފޯނާއެވެ.

އީމެއިލް:  [email protected]

22 ސެޕްޓެންބަރު 2022